ޑރ.އިޔާޒް ޝުޖާއުއަށް: ކޮންމެ ކަމެއްގައި ވެސް ހަމަ އާއި އުޞޫލު އޮންނާނެ!

ޑރ.އިޔާޒް ޝުޖާއުއަށް: ކޮންމެ ކަމެއްގައި ވެސް ހަމަ އާއި އުޞޫލު އޮންނާނެ!

Author
މުޙައްމަދު ޖިމީ
04 ސެޕްޓެމްބަރ 2021 12:38
0

ރައީސް ޔާމީންނަށް ޙުކުމް އިއްވެވި ފަނޑިޔާރުން ތިއްބަވާނީ ޕީޕިއެމްގެ ވެރިކަމެއްގައި ޖަލުގައިކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވުމާއި ގުޅިގެން، އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލެއްކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް ވިދާޅުވެއްޖެެވެ.

ރޭ އިދިކޮޅުން އިންތިޒާމްކޮށްގެން މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި “އައްޑަނަ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވެވި ފަނޑިޔާރުންގެ މައްސަލަ ބައްލަވާނެކަމަށެވެ. އޭނާ ވިދާޅުވީ 2023ގައި ޤާއިމްކުރެވޭނީ ޕީޕީއެމްގެ ސަރުކާރެއްކަމަށާއި، އެ ސަރުކާރުގައި އެ ފަނޑިޔާރުންގެ މައްސަލަ ބެލޭނެކަމަށެވެ. ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރުންނަށް ވަޒީފާގެ ކުރިއެރުން ދެއްވަނުން އުޅުއްވާކަން އެނގިވަޑައިގަންނަވާނެކަމަށާއި، ޕީޕީއެމްގެ ވެރިކަމެއްގައި ހައިކޯޓުގައިވެސް އެ ފަނޑިޔާރުން ނުއިންނަވާނެކަމަށް ވިދާލުވެ ޝުޖާއު ވަނީ އެ ފަނޑިޔާރުން ތިއްބަވާނީ ޖަލުގައިކަމުގެ އިންޒާރު ދެއްވާފައެވެ.

ޝުޖާއުގެ އެ ވާހަކަތައް އިޝާރާތްކުރައްވާ ޑރ.އިޔާޒް ވިދާޅުވީ، އެއީ ފަނޑިޔާރުންނަށް ބިރުދެއްކުމުގެ ޢަމަލެއްކަމަށެވެ. އަދި ކިތަންމެ ގާތް މީހަކު ނަމަވެސް ކުއްވެރިވެއްޖެކަން ޝަރްޢީ ކޯޓަކަށް ޘާބިތުވެ އެކަމާ ހިތްހަމަ ނުޖެހޭނަމަ، ހަދަންޖެހޭ ގޮތަކީ މަތީ ކޯޓަކަށް އިސްތިއުނާފު ކުރުންކަމަށާއި، އިންޒާރު ދިނުމެއް ނޫންކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ހަމަ އާއި އުޞޫލު އޮންނާނެކަމަށްވެސް ޑރ.އިޔާޒް ވިދާޅުވިއެވެ.

ރޭ އިދިކޮޅުގެ ޖަލްސާގައި ޝުޖާޢު ވިދާޅުވީ، ރައީސް ޔާމީނަށް ޙުކުމް އިއްވެވުމުގައި އެންމެ އިސްކޮށް ހުންނެވީ ޢަލީ ރަޝީދުކަމަށާއި، އޭނާވެސް ޖަލަށް ލައްވާނެކަމަށެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިަނާކުރި ޙުކުމް އިއްވެވި އޭރު ކްރިމިނަލް ކޯޓުގެ އިސް ޤާޟީއަކަށް ހުންނެވި އަޙްމަދު ޙައިލަމް ސަސްޕެންޑުކުރައްވާ އިސް ޤާޟީއަކަށް ޢަލީ ރަޝީދުއ ައްޔަންކުރެއްވުމަށްފަހުއެވެ. އަދި އޭގެ ފަހުން ޢަލީ ރަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރައްވާފައެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރުގައި ތިއްބެވީ “ވަގުން”ކަމަށާއި، އެންމެ ފަހުވަގުތު އެބޭފުޅުން ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙް ދޫކޮށްވަޑައިގަންނަވާނެކަމަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޯބުޅި.
ތިތަނުންކާކުތޯ ރަށްޔިތުންނަށްހެވެށް އެދިގެންއުޅެނީ .ރަށްޔިތުންނަށް...ކަމެށްކޮދޭއުޅޭއެކަކުވެސްނެށް ... ތަކެތީއަގުއެހާބޮޑު.. ކުލިއެހާބޮޑު އެވާހަކަދަށްކާނެމީހަކުނެށް އަބަދުވެސްކޮންމެސްމީހަކުސަލާމަތްނުވެގެންތެޅެނީ ލާރިޔާހެދި .. މިނިވަންވޭޖުގެވާހަކަދަށްކާލާނެއެކަކުވެސްނެށް...ވެރިކަން ވެރިކަން .... ދެނަހަޅޭލަވަނީހިޔާފުލެޓޭކިޔާގެން އެވެސްއަގުހެޔޮކުރީމާ ރަށްރަސުންމާލެދަރިންނަށްކިޔާވާދޭއަށްނަމީހާހުސްކޮށްލާގެންތިބެނީ އިންޑިޔާގާ ނޫނީމެލޭސިޔާގާ ނޫނީބޮޑަތިވަޒީފާތަކުގާ މާލޭޕެލަސްކުއްޔަށްހިއްޕަވާގެން....
H Halaaku
Iyazuves hurea fishaari kamen idhikolah ilmuverinveatha ekakanves hashdha laan
ކ ކޮރަކަލި
ހިދުކޮޅު އައިސްފައި ހުންނަ ވަގުތު އަގައިން ދެއްކެނީ ކޮންވާހަކައެއް ކަންނޭނގޭނެ 2023ވަނައަރު ވެރިކަމަށް އަންނާނީ ތިމެންނާމެންނޭ ބުނިއިރު ﷲގެއިރާފުޅުންނޭ އެއްފަހަރުވެސް ބުނެލާކަށް ނުކެރުނު ވެރިކަމަކީ ރައްޔިތުންގެ މުދަލުން ވައްކަން ނުކޮއް އިޙުލާޞްތެރި ކަމާއެކުގައި ރައްޔިތުންނަށް ވެރިކަން ކޮއްދޭން އަންނަ މީހުނަށް ލިބޭ ފުރުސަތެއް އެފުރުސަތު ލިބިދާނެ ރީކޯމޫސައަށް ވެސް