ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކު ނެތް: މޫސަ

ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ދެވަނަ ފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކު ނެތް: މޫސަ

ބިންހިއްކައި، އެއަރޕޯޓް އަޅައި، ފްލެޓްއަޅައި އަދި ބްރިޖްފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިގެން ދެވަނަ ފަހަރަށް ރައީސްކަމަށް ވަޑައިގެންނެވުނު ބޭފުޅެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރ ޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ނުސީދާކޮށް ކުރީގެ ސަރުކާރަށް އަމާޒުކުރައްވާ މޫސާ މަނިކު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ޢުމްރާނީ ގޮތުން ހިންގޭ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެއްބަސްވުމުގައި މިސަރުކާރުން ވަނީ ސޮއިކުރައްވާފައެވެ. ބްރިޖް މަޝްރޫޢު 38 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ އަމާޒުހިފާފައެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މީހުންގެމެދުގައި ވެރިކަމަށް ކުރައްވާ ކެމްޕެއިންތަކަށް ވީ ވައުދުތަކުގެތެރޭން ބިންހިއްކުން، އެއަރޕޯޓް އަޅައިދީގެން ފްލެޓްއަޅައިގެން ބްރިޖްއަޅާދީގެން ދެވަނަފަހަރަށް ވެރިކަމަށް އާދެވުނު ރައީސަކުނެތްކަމަށެވެ. މޫސަ ވަނީ ވަޢުދުވުމުގައި ގެންގުޅޭ އުކުޅު ބަދަލުކުރަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ.

މޫސާ މަނިކު މިހެން ވިދާޅުވެފައިވާއިރު، ރޭ އިދިކޮޅުން ބޭއްވި "އައްޑަނަ" ޖަލްސާގައި އިދިކޮޅު ލީޑާރޝިޕުން ވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ވާދަކުރެއްވެން ޖެހިވަޑައިގަންނަވާނެކަމަށެވެ.

ރާއްޖެ ތާރިޚުގައި އެންމެ ބޮޑެތި އަދި ރާއްޖޭގެ ތަރައްޤީ ބަދަލުކޮށްލީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ގިނަ ބަޔަކު ބުނެއެވެ. މިގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވަނީ މާލެއާއި ހުލުލެ ގުޅާލާ ބްރިޖް އަޅުއްވާފައެވެ. އަދި އެންމެ އުސް ޢިމާރާތްކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލް ޤާއިމްކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ، އެތަނުގައި 7000 ފްލެޓް އެމަނިކުފާނުގެ ވެރިކަމުގައި ވަނީ އަޅުއްވާފައެވެ. އަދި އެތައް ރަށެއްގައި ބިން ހިއްކައި އެއަރޕޯޓްވެސް ޤާއިމްކޮށްފައިވެއެވެ.

އަދި ދެވަނަ ދައުރަކަށް ކުރެއްވި ކެމްޕެއިންގައިވެސް އިތުރު ހައުސިންގއާއި، އެއަރޕޯޓާއި ބްރިޖްތައް އަޅުއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވެއެވެ. ނަމަވެސް އިންތިޚާބުގައި ވަނީ ނާކާމިޔާބީވެވަޑައިގެންފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *