ޔޫރޫ މާކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަނަށް ނެގި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ވަނީ ވައްކަން ކުރިމީހާގެ ވީޑިއޯއާއިއެކު މީހާއަކީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ޔޫރޯ މާރކެޓިންގ ޕްރައިވެޓް ލިމިޓެޑްގެ އޮފީހުން ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެއްކަމަށްބުނެ އާންމުންގެ އެހީއަށް އެދިފައެވެ.
ވީމާ މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ