ފިލްމީތަރި މަޖުދާ އެމްއެންޕީއާއި ގުޅިއްޖެ

ފިލްމީތަރި މަޖުދާ އެމްއެންޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2021 05:06
0

ނަރުވެރި، ކުޅަދާނަ ބަތަލާ މަރިޔަމް މަޖްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ އެމްއެމްޕީއާއި ގުޅިއްޖެއެވެ.

މަޖްދާއަކީ ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި އަރަމުން އަންނަ ޒުވާން ފަންނާނެކެއެވެ. މަޖްދާ އެމްއެންޕީއާއި ގުޅިފައިވާއިރު ފިލްމީ ދާއިރާގެ ދުވަސްވީ ދެ ފަންނުން ކަމަށްވާ، ޝީލާ ނަޖީބްއާއި، މަނިކުވެސް ވަނީ އެމްއެންޕީއާއި ގުޅިފައެވެ. އެމްއެންޕީއާއި ޒުވާން އަދި އެކި ފަންނުތަކުގެ ގިނަ ބޭފުޅުން ދަނީ ގުޅެމުންނެވެ.

އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Adanu
Thi thati eh aharumen nudhanan