"އޮއްތަ ސެރުއްޕޫ ސައިޒް 7″ގެ ރިމޭކުގައި އަބިޝެކް ފެންނަގޮތް ދައްކާލައިފި

"އޮއްތަ ސެރުއްޕޫ ސައިޒް 7″ގެ ރިމޭކުގައި އަބިޝެކް ފެންނަގޮތް ދައްކާލައިފި

Author
ފާތިމަތު ނާވީ
05 ސެޕްޓެމްބަރ 2021 05:37
0

ފިލްމް ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ރާދަކްރިޝްނާ ޕަރްތިބާންގެ ފިލްމުގައި އަބިޝޭކް ބައްޗަން ފެންނާނެގޮތް ދައްކާލައިފިއެވެ.

މި ފިލްމަކީ ތަމަޅަ ފިލްމު "އޮއްތާ ސިރައްޕޫ ސައިޒް 7″ގެ ހިންދީ ރިމޭކެކެވެ. މި ފިލްމަށް އަދި ވަކި ނަމެއް ދީފައެއް ނުވެއެވެ.

މިހާރަކަށް އައިސް ބޮލީވުޑްގައި ޓެމިލް ފިލްމް ތަކުގެ ރިމޭކް ހަދާލެއް ދަނީ ގިނަވަމުންނެވެ. އަދި މި ކަހަލަ ފިލްމުތަކަށް ލިބެމުންދާ ތަރުހީބު ބޮޑެވެ.

ޕްރަތިބާން ލިޔެ ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ މި ފިލްމަކީ ސިންގަލް ކެރެކްޓާ ފިލްމެކެވެ.

މި ފިލްމުގެ މުޅި ވާހަކަ އެނބުރޭނީ ޕޮލިސް ސްޓޭޝަންއެއްގެ އިޓެރޮގޭޝަން ރޫމެއް ތެރޭގައެވެ. އެހެން ކަމުން މި ފިލްމުން ގިނަ ތަރިން ތަކެއް ނުފެންނަނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.