ފޯކައިދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ފަށައިފި

ފޯކައިދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ށ.ފޯކައިދޫ ބަނދަރު މަޝްރޫޢުގެ ބޭރު ތޮށީގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މިމަހުގެ 151  ވަނަ ދުވަހު ފެށާފައިވާކަމަށެވެ.  އާބާދީގައި 2000 އެއްހާ މީހުން އުޅޭ ފޯކައިދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ލަފައިފުރުމުގައި ހުރި ދަތިކަމެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށާއި ލަފާފުރުމަށް ބޭނުން ކުރަން ރައްކާތެރި ބަނދަރެއްނޫނެވެ.

މި މަޝްރުޢުގެ ދަށުން 45795 ކިއުބިކް މީޓަރގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 100 މިޓަރުގެ ސަހަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުގައި 464 މީޓަރުގައި އެއްގަމު ތޮށިލުމާއި، 2320 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ބަނދަރު ހިމެނޭ ސަރަހައްދުގައި ހަދާނެއެވެ. މިއީ ސަރުކާރުން 55.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް ވިދާޅުވީ ބަނދަރު ނިންމުމަށް އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ 500 ދުވަސް ނަމަވެސް، އަމާޒަކީ އެއަށްވުރެ އަވަހަށް ބަނދަރުގެ މަސައްކަތް ނިންމުން ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް ބަނދަރު ބޭނުންކުރެވޭވަރު ކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ބަނދަރާއެކު އެރަށުގެ ރައްތިތުންނަށް ޒަމާނުން ސުރެއް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ