މެލޭޝިއާގެ އާ ބޮޑުވަޒީރަށް ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގެންނެވުނު

މެލޭޝިއާގެ އާ ބޮޑުވަޒީރަށް ކެބިނެޓް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައެއް ނުގެންނެވުނު

Author
ހުސެއިން
31 އޮގަސްޓް 2021 06:15
0

ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހަކާ ބައްދުލުވެ އެއްތަން ވުމުގެ ސަބަބުން، އެކަހެރިވެ ވަޑައިގަންނަވަން ޖެހުމާއި ގުޅިގެން، ފާއިތުވެދިޔަ ހަފްތާގައި މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އައްޔަން ކުރެވުނު އާ ބޮޑުވަޒީރު އިސްމާއިލް ސަބުރީއަށް، ކެބިންޓް ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ވެޑައިގެންނެވޭ ގޮތް ނުވިއެވެ.

އިސްމާއިލް ސަބުރީގެ އާކެބިނެޓް، އެގައުމުގެ ރަސްގެފާނުގެ ކުރިފުޅުމަތީގައި މިއަދު ހުވާ ކުރައްވާފައިވަނީ، މީގެ ދެހަފްތާ ކުރިން، ގާނޫނުހަދާ މަޖިލިހުގެ އިތުބާރު ގެއްލި، ބޮޑުވަޒީރު މުހުޔިއްދީގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ.

ފާއިތުވެދިޔަ ހަފްތާގައި ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައިވާ އިސްމާއިލް ސަބުރީގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ސަބުރީ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކާ އެކީ އުޅުއްވާފައި ކަމަށާއި، އެހެންކަމުން ކަރަންޓީނުގައި ގޭގައި މަޑުކުރައްވަން ޖެހިވަޑައިގެންފައި ވާކަމުގައެވެ.

އަދި، އަންގާރަދުވަހު ފާހަގަ ކުރާ މެލޭޝިއާގެ ގައުމީ ދުވަހުގެ އިހުތިފާލްތަކުގައިވެސް އޭނާއަށް ބައިވެވަޑައި ގަންނަވަން ޖެހިފައިވަނީ، ވާރޗުއަލް ކޮށެވެ.

އިސްމާއިލް ސަބުރީގެ ކެބިނެޓުގައި ގިނައިން ހިމެނިވަޑައިގަންވާ ވަޒީރުންނަކީ ކުރީގެ ވެރިކަމުގައިވެސް ކެބިނެޓުގައި ތިއްބެވި މެމްބަރުން ކަމަށް ވުމާއެކު، ކޯވިޑާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި މާބޮޑު ތަފާތެއް ފެނިދާނެކަމަށް އެގައުމުގެ ގިނަ ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

އިސްމާއިލް ސަބުރީ ބޮޑުވަޒީރުކަމަށް އިސްކުރަން ރަސްގެފާނު ނިންމަވާފައިވަނީ، ކޯވިޑުން ގައުމު ސަލާމަތް ކުރުމަށް ކުރީގެ ސަރުކާރުން ކުރި މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ނުރުހުން އަމާޒުގެ، އަދި މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުމާ ގުޅިގެންނެވެ.

އިސްމާއިލް ސަބުރީ މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމާއެކު، އެގައުމުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އަމްނޯއަށް މީގެ 3 އަހަރު ކުރިން ބޭއްވުނު އާންމު އިންތިޚާބުގައި ގެއްލިގެންދިޔަ ބޮޑުވަޒީރުކަން އެޕާޓީއަށް އަބުރާ ވަނީ ލިބިގެން ގޮސްފައެވެ.

ދުނިޔޭގައި ފަހަކަށް އައިސް ފެތުރެންފެށި ޑެލްޓާ ވޭރިއެންޓްގެ ސަބަބުން މެލޭޝިއާގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެ، ފާއިތުވެދިޔަ ދުވަސްތަކުގައި، އެގައުމުގައި ދުވާލަކަށް 20،000 މީހުން ކޯވިޑަށް ޕޮޒިޓިވްވެ، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވާންވެސް ފަށާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.