ފިލްމީ ތަރި ޝީލާ އެމްއެންޕީއާއި ގުޅިއްޖެ

ފިލްމީ ތަރި ޝީލާ އެމްއެންޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
30 އޮގަސްޓް 2021 08:45
0

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޝީލާ ނަޖީބް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.

ޝީލާ އެމްއެންޕީއާއި ގުޅުމުން އެޕާޓީން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. އެމްއެންޕީއާއި ދަނީ ރާއްޖޭގެ ފަންނާނުންނާއި ސިޔާސީ ދާއިރާގެ އިސް ތަޖުރިބާ ކާރުންވެސް ގުޅެމުންނެވެ.

އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.