2022ގެ ނިޔަލަށް ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިންޖާ ނިންމުމަކީ، އެއް އަމާޒު ކަމުގައި، ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންފައިވާ، ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅު ވެއްޖެއެވެ.
ފޮރިނގް މިނިސްޓަރ ޝާހިދު މިހެން ވިދާޅުވެވެފައިވަނީ، ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި، ޖަޕާނުގެ ބައެއް މީޑީއާތަކަށް ދެއްވި ބަސްދީގަތުން ތަކުގައެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަމުގެ މަގާމް ކާމިޔާބު ކުރެއްވުމަށްފަހު، ދެއްވި ފުރަތަމަ ތަގުރީރުގައިވެސް، ޝާހިދުވަނީ، 2022ގެ ނިޔަލަށް ދުނިޔޭގެ މުޅި އާބާދީ ވެކްސިން ޖަހާ ނިންމުމަކީ އެނާގެ ރިޔާސަތުގެ މުހިންމު ލަނޑުދަޑިއެއް ކަމުގައި ވިދާޅުވެފައެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގެ ޖަލްސާތައް ފެށުމަށް، އަންނަ މަހު، ދުނިޔޭގެ ގައުމުތަކުގެ އިސްވެރިން އެއްތަނަކަށް ޖަމާވާއިރު، މި މިލަނޑުދަޑި ހާސިލް ކުރުމުގެގޮތުން މަޝްވަރާ ކުރުމަށްޓަކާ، ދުނިޔޭގެ ގައުމުތަކުގެ ވެރިން ޝާމިލްވާ ޚާއްސަ ސެޝަނެއް ބޭއްވުމަށް އޭނާ ނިންމަވާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ، މުއްސަދި ބައެއް ގައުމުތައް ކަމުގައިވާ، ޔޫކޭ، ފްރާންސް، ޖާމަނީ، އިސްރާއީލު އަދި އެމެރިކާއިން މިހާވަނީ، އެގައުމުތަކުގެ ރައްޔިތުންނަށް ބޫސްޓާރ ވެކްސިން (ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ދެވޭ އިތުރު ޑޯޒެއް) ފޯރުކޮށްދޭން ފަށާފައެވެ. އެހެންނަމަވެސް، ތަރައްގީވަމުން އަންނަ ބައެއް ގައުމުތައް އަދިވެސް ތިބީ ކޯވިޑް19 ވެކްސިލްގެ ފުރަތަމަ ޑޯޒަށް އިންތިޒާރު ކޮށްގެންނެވެ.
"އެހީތެރިކަން ފޯރުކޮށްދޭ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުން ވަނީ ވެކްސިން ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދީފަ، އެހެންނަމަވެސް، އެއީ އަދިވެސް އެންމެ އެކަށީގެންވާ ވަރުގެ އެހީތެރިމަކަށް ނުވޭ. އަހަރެން އުއްމީދުކުރަނީ އަދި ދުނިޔެއަށް ބޭނުން ވެފައިވަނީ، ވެކްސިންގެ ޑޯޒުތައް ހުރި ގައުމުތަކުން، ވެކްސިން ލިބިފައި ނެތް ގައުމުތަކަށް އިތުރަށް ވެކްސިންގެ އެހީތެރިކަން ފޯރުކޮށް ދިނުން،" ޝާހިދު ވިދާޅުވެފައި ވެއެވެ.
ކޯވިޑްގެ ކާރިސާއިން އަރައިގަތުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމަކީ، ޖެނެރަލް އެސެމްްބްލީގެ ރައީސްކަމަށް ވަޑައިގަތުމަށް ޝާހިދު ކުރެއްވި ކެމްޕޭންގައި ވެވަޑައިގެންނެވި މައިގަޑު 5 ވައުދުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.
ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޝާހިދުވަނީ ޖަޕާނުގެ ބޮޑުވަޒީރު ސުގާ ޔޮޝިހިޑޭގެ އަރިހަށް އިޙުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އަދި އެގައުމުގެ ފޮރިންގ މިނިސްޓަރުގެ އިތުރުން ޖަޕާން ސަރުކާގެ އިސް ބައެއް އެހެން ބޭފުޅުންނާވެސް ޝާހިދުވަނީ މިދަރުފުޅުގައި ބައްދަލު ކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ޝާހިދު ނިއުޔޯކަށް ފުރާވަޑައިގެންފައިވަނީ، މި އަދުގެ ހެދުނުއެވެ.
ކޮމެންޓު ފޮނުވާ