ޖަޒީރާ ރާއްޖެއަށް ރައްޔިތުން ގެންދިއުމަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިއަހަރު މާރޗުގައި އިފްތިތާހު ކުރި ފުލޯޓިންގ ސިޓީ މަޝްރޫގެ އެއްވެސް ފެނިގެން ނުދާކަމަށް ވިދާލުވެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މުޅިން އަލަށް ކުރިއަށްގެންދާ ފްލޯޓިން ސިޓީގެ މަޝްރޫޢުގައި އަޅާ ގެތަކަކީ އަތްފޯރާ އަގެއްގައިކަމަށް ބުނެ އެ މަޝްރޫޢު އިފްތިތާހްކޮށްފައިވަނީ މިއަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އިފްތިތާހުކުރި އެ މަޝްރޫޢުއަކީ ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ރާއްޖޭގައި ތަރައްގީކުރަން މަސައްކަތްކުރި މަޝްރޫޢުއެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ޑަޗްޑޮކްލެންޑް ކުންފުންޏާއެވެ.
މި މަޝްރޫޢުއަށް ފާޑުވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވަނީ، ޖަޒީރާ ރާއްޖެއަށް ރައްޔިތުން ގެންދިއުމަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިއަހަރު މާރޗުގައި އިފްތިތާހު ކުރި ފުލޯޓިންގ ސިޓީ މަޝްރޫއަކީވެސް "ޓިޕިކަލް އެމްޑީޕީ"ގެ އިބިލީހުގެ ކައިވެންޏެއް ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި އެ މަޝްރޫޢު މެނިފެސްޓޯއިން ނުފެނިގެން ޕާރކު ކުރީތޯވެސް މަލީހު ސުވާލުކުރެއްވިއެވެ.
ޖަޒީރާ ރާއްޖެއަށް ރައްޔިތުން ގެންދިއުމަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މިއަހަރު މާރޗުގައި އިފްތިތާހު ކުރި ފުލޯޓިންގ ސިޓީ މަޝްރޫއަކީވެސް ޓިޕިކަލް އެމްޑީޕީގެ އިބިލީހުގެ ކައިވެންޏެއް ނޫންބާ? ނޫނީ މެނިފެސްޓޯއިން ނުފެނިގެން ޕާރކު ކުރީބާ? pic.twitter.com/i1ED3TeiC3
— Mohamed Maleeh Jamal (@maleehjamal) August 26, 2021
ފްލޯޓިން ސިޓީގެ މަޝްރޫޢުއާ ގުޅޭގޮތުން އެ މަޝްރޫއުގެ ލޯކަލް ކޮންސަލްޓެންޓް އިބްރާހިމް ރިޔާޒް ވަނީ ފްލޯޓިން ސިޓީއަކީ ތިމާވެއްޓާއި ރައްޓެހިކޮށް ތަރައްޤީކުރާ ސިޓިއެއްކަމަށް ބިދާޅުވެފައެވެ. އަދި އެ ސިޓީގައި އަޅާ ގެތަކަކީ ތިމާވެއްޓާ ރައްޓެހިކޮށް ހަދާ ގެތަކެއްކަމަށާއި އެއީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ގެތަކަށް ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފްލޯޓިން ސިޓީގައި ހަދާ ގެތަކުގައި ޓެރެސްއާއެކު އެންމެ އުސްކޮށް ހުންނާނީ ދެ ފަންގިފިލާގެ އިމާރާތެކެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ 5000 ހައުސިން ޔުނިޓުތަކުގެ ސައިޒަކީ 900 އާއި 1500 އަކަފޫޓުއެވެ. މީގެ ތެރޭގައި ހިމެނެނީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކެވެ.
ރިޔާޒް ވިދާޅުވީ މި މަޝްރޫއު ނިމޭއިރު ގެތަކުގެ އެތެރެ ޑިޒައިން ކުރުމުގެ ފުރުޞަތު އާއްމުންނަށް ލިބިގެންދާނެކަމަށާއި އަދި ސޯޝަލް ހައުސިން ގަންނަން ލިބޭ އަގުތައްކުގައި މިގެތައް ގަންނަން ލިބޭނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ލޯން ދައްކައިގެން ގެތައް ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ލިބިގެންދާނެކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ