އައިޝްވާރިޔާ ބަނޑުބޮޑު ކަމަށް ބުނާ އަޑު ގަދަވާން ފަށައިފި

އައިޝްވާރިޔާ ބަނޑުބޮޑު ކަމަށް ބުނާ އަޑު ގަދަވާން ފަށައިފި

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2021 07:14
0

ބޮލިވުޑްގެ ތަރި އައިޝްވާރިޔާ ރާއީ ބަންޑުބޮޑު ކަމަށް ދެކެވޭ ވަހަކަ ތަކުގެ އަޑު ގަދަވެއްޖެއެވެ.

މި ވާހަކަ ދެކެވެން ފެށީ ދާދިފަހުން ފަހުން އައިޝްވާރިޔާގެ ވީޑިއޯ ކޮޅެއް ވައިރަލްވީ ހިސާބުންނެވެ.

އެގޮތުން ދާދިފަހުން ވަނީ އައިޝްވާރިޔާ އަދި އޭނާގެ ދަރިފުޅު އާރަދްޔާ މުމްބާއީގެ ޕްރައިވެޓް އެއާޕޯޓަކުން ނުކުންނަނިކޮށް ނަގާފައިވާ ވީޑިއޯ ކޮޅެއް ވައިރަލް ވެފައެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ އައިޝްވާރިޔާ ބަނޑުބޮޑު ކަމަށް ބުނަން ފަށާފައެވެ. އަދި އޭނާ އާންމުކޮށް ހުންނަ ވަރަށްވުރެ ފަލަކަމަ ފޭނުން ވަނީ ބުނެފައެވެ. އެހެން އެވީ އޭނާ ދެވަނަ ދަރިއަކަށް ބަލިވެ އިނީމަައި ކަމަށް ވެސް ދަނީ ބުނަމުންނެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

އައިޝްވާރިޔާ މިހާރު ދަނީ އޭނާގެ ކުރިއަށް އޮތް ސައުތު އިންޑިއަން ފިލްމް "ޕޮނިޔިން ސެލްވަން"ގެ ޝޫޓިންގައި މަސައްކަތް ކުރަމުންނެވެ. ދާދިފަހުން އެ ފިލްމް ގެ ސެޓުން ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ވައިރަލް ވެފައެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ފިލްމް "ފެނީ ހާން" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.