މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގަތުމަށް ބޭނުންވާ 1000 މީހުންގެ ފޯމު، ވިލިމާލޭ ޒުވާނުންގެ ފަރާތުން އެމްއެންޕީއާއި ހަވާލުކޮށްފިއެވެ.
އެމްއެންޕީއާއި ފޯމުތައް ހަވާލުކޮށްފައިވަނީ ވިލިމާލޭގެ ޒުވާނުންނެވެ. ފޯމުތައް ހަވާލުކޮށްފައިވަނީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްއާއިއެވެ. އެޕާޓީން ބުނެފައިވަނީ އެމްއެންޕީއަކީ ޒުވާނުންނަށް ފުރުސަތު އޮތް ޕާޓީއެއްކަމަށެވެ.
އެމްއެންޕީ އާ ގުޅުމަށް ބޭނުންވާ 1000 އަށްވުރެ ގިނަ މެންބަރުންގެ ފޯމުތައް ވިލިމާލޭ ޒުވާނުންގެ ފަރާތުން ޕާޓީއާ ހަވާލުކުރުން. އެމްއެންޕީއަކީ ޒުވާނުންނަށް ފުރުސަތުތައް އޮތް ޕާޓީއެއް. pic.twitter.com/NySvNRWwq6
— Maldives National Party (@MNP_Secretariat) August 26, 2021
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ