އަދާލަތުން ވަކިވިތާ ދެދުވަސްތެރޭ ޝިދާތާ އެމްއެންޕީއާއި ގުޅިއްޖެ

އަދާލަތުން ވަކިވިތާ ދެދުވަސްތެރޭ ޝިދާތާ އެމްއެންޕީއާއި ގުޅިއްޖެ

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެކިވިތާ 2 ދުވަސް ތެރޭގައި ކުރީގެ ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މޯލްޑިވްސް ނޭޝަނަލް ޕާޓީން (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.

ޝިދާތާ ސޮއިކުރިކަން ހާމަކޮށް އެމްއެންޕީން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ ޝިދާތާ ފަދަ ސިޔާސީ، އިޖުތިމާއީ އަދި ހިންގުމުގެ ދާއިރާއިން ކުޅަދާނަ އަދިި ތަޖުރިބާ ހުރި ބޭފުޅަކު އެމްއެންޕީއާއި ގުޅިވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

މީގެ ދެދުވަސް ކުރިން އަދާލަތު ޕާޓީން ވަކިވިކަން ހާމަކޮށް ޝިދާތާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ފުރަތަމަ ފިޔަވަޅާއި އެކު މިހާތަނަށް އުކަމުން ދިޔަ އެންމެހާ ސިޔާސީ ސޮފްހާތައް އުކަމުންދިޔައީ އަދާތަލު ޕާޓީ އާއި އެކު ކަމަށް ވާތީ ގިނަގުނަ ތަޖުރިބާ ތަކެއް ކުރުމުގެ ފުރުސަތު އެޕާޓީއާއިއެކު ވަނީ ލިބިފައިކަމަށެވެ.

އަދި ސިޔާސީ ސަޚުސިއްޔަތު ބިނާ ކުރުމުގައި އަދާލަތު ޕާޓީ އަދާކޮށްދެއްވި ދައުރު ދުވަހަކުވެސް އަޅުގަޑަކާ ދުރަކަށް ނުދާނެ. އެ ލިބުނު ހުރިހާ ފުރުސަތުތަކަށް އަދި ޕާޓީގެ މެމްބަރުންނާއި ލީޑަރޝިޕުން އަޅުގަޑަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އެހެނަސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާއި ހަމަޔަށް ދިޔުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އަޅުގަޑަށް ޤަބޫލު ކުރެވޭ.

– ޝިދާތާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތުގެ ހާލަތައް ބަލައި ސިޔާސީ ގޮތުން އިތުރަށް ފުޅާ މަސައްކަތްތަކެއް ކުރުމަށް އާ މިސްރާބަކުން ހިގަންޖެހޭކަމަށެވެ. އެ ގޮތުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް އެން ޓީ އާއި ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް ނިންމައިފައިވާކަމަށެވެ. އަދި އުންމީދު މި ކުރަނީ ސިޔާސީ ހަޔާތުގައި އަލަށް މިފަށާ ދަތުރުން ރައްޔިތުންގެ ހައްޤުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ މިސްރާބަށް ޤައުމުގެ ކަންކަން ގެންދިއުމަށް ކުރެވޭ މަސައްކަތައް ބޮޅެއް އިތުރުވެގެން ދާނެކަމަށެވެ.

މިފަދަ ނިންމުމަކާއި ހަމަޔަށް އައުމުގައި އެއްވެސް ފަރާތަކައް އެއްވެސް ހިތްބުރަކަމެއް ނެތްކަމަށް ޝިދާތާ ވިދާޅުވިއެވެ. ސިޔާސީ ގޮތުން ކަޑައްތުކުރި ގޮންޖެހުންތަކާއި ހިތްނުތަނަވަސްކަން އެއީ ލިބުނު މުހިންމު ތަޖުރިބާއެއްކަމަށް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *