މަހުލޫފްގެ މައްސަލައިގައި ކޮމިޝަންގެ ތަހުގީޤް ގޯސް: ރައީސް އޮފީސް

މަހުލޫފްގެ މައްސަލައިގައި ކޮމިޝަންގެ ތަހުގީޤް ގޯސް: ރައީސް އޮފީސް

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2021 08:56
0

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ސްރީލަންކާ ރައްޔިތެއްގެ ހެކިބަސް ހޯދާފައިވަނީ ގޯސްކޮށްކަމަށް ރައީސް އޮފީހުން އެ ކޮމިޝަނަށް އަންގައިފިއެވެ.

ރައީސް އޮފީހުން މިކަން އަންގާފައިވަނީ އެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވާ އެ ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައެެވެ. އެގޮތުން ރަައީސް އޮފީހުން ފޮނުވި ސިޓީގައި ބުނީ އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ ފަރާތެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ އުސޫލުތަކެއްވާކަމަށެވެ.

ރައީސް އޮފީހުގެ ސިޓީގައި މަހުލޫފްގެ މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ހިލާފަށް ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބޭރު މީހެއްގެ ބަޔާން ނަގަން ޖެހިއްޖެ ހާލަތެއްގައި ބަޔާން ނެގުމުގެ ކަންކަން އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދި ހުށައަޅާ ހުށަހެޅުމެއް (މިއުޗުއަލް ލީގަލް އެސިސްޓެންސް ރިކުއެސްޓް) ފޮނުވައިގެން ކަމަށްވީ ނަމަވެސް އެ އުސޫލުން ކަންކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

މަހްލޫފްގެ މައްސަލައިގައި ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ވަނީ ލަންކާގައި ހުންނަ ދިވެހި އެންބަސީ އަށް ސީދާ ގުޅައިގެން ލަންކާ ރައްޔިތަކާ ސީދާ އެމްބެސެޑަރު އެތައް ފަހަރަކު ފޯނުކޮށް ލޯޔަރެއްގެ ފުރުސަތުވެސް ނުދީ އޭނަލައްވާ އެންބެސެޑަރު ބޭނުންވާ ގޮތަށް ހެކިބަސްނަގާފައެވެ.

އެހެންކަމުން ތިޔަ ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ތިޔަ ކޮމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށް މިނިސްޓްރީގެ ނޯޓުގައި ބަޔާންކޮށްފައިވޭ.

– ރައީސް އޮފީހުގެ ސިޓީގައި ބުންނެފައިވެއެވެ.

މަހުލޫފްގެ މައްސަލައިގައި ލަންކާގެ ރައްޔިތެއްގެ ހެކިބަސް ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށް ރައީސް އޮފީހުން އަންގާފައިވާއިރު ލަންކާގެ ކަމާބެހޭ އިދާރާތަކުންވެސް އަންނަނީ މިކަމުގައި އަމަލުކުރިގޮތް ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން ސަފީރު ރައްޒާގު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފައެވެ. މިއީ މި މައްސަލައާ ގުޅިގެން ސަފީރު ރާއްޖެ ގެނައި ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Ahmed
Bayaan goaskoh negiyyaa alun rangalhah .bayaan nagaanee E ee massala nubalaa dhookollaan jehey varuge kameh noon. Mihaarakah ais hurihaa mujurimun ves salaamaiy vey konmes ijuraaee massalaeh .dhimaavegen