ޓެމިލް ފިލްމު "ވިކްރަމް ވޭދާ"ގެ ހިންދީ ރިމޭކްގެ ޝޫޓިންގ އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފަށަން ނިންމައިފިއެވެ.
މި ފިލްމުން ފެނިގެން ދާނީ ސައިފް އަލީ ޚާނާއި ރިތިކް ރޯޝަންއެވެ.
ރިޕޯޓްތަށް ބުނާގޮތުގައި ސާބިއާ ގައި ބޮޑުބައި ނެގުމަށް ހަމަޖެހިފައިވާ މި ފިލްމް ފެށުމުގެ ތައްޔާރީތަށް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. މި ދެތަރިން އެކުގައި ފެނިގެން ދާ މިއީ ދެވަނަ ފިލްމެވެ. މީގެ ކުރިން މިދެތައިން ވަނީ "ނަތުމް ޖާނޯ ނަހަމް" ގައި އެކުގައި މަސައްކަތް ކޮށްފައެވެ.
މިއީ އެކްޝަން ތްރިއްލާ ފިލްމެކެވެ. މިދެތަރިންގެ އިތުރުން ފިލްމުގެ ކާސްޓުގައި ރާދިކާ އާޕްތޭ ވެސް ފެނިގެން ދާނެއެވެ. މި ފިލްމުގައި ރާދިކާ ކުޅެނީ ސައިފްގެ އަންހެނުން ގެ ބައެވެ.
މި ފިލްމް ވެސް ޑައިރެކްޓް ކުރަނީ މީގެ އޮރިޖިނަލް ފިލްމް ޑައިރެކްޓް ކުރި ގަޔަތުރީ އާއި ޕުޝްކަރެވެ. ފިލްމު ވަނީ 2022 ގެ ސެޕްޓެމްބަރު 30 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައެވެ.
"ވިކްރަމް ވޭދާ" އަކީ 2017 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމެކެވެ. މި ފިލްމުން ފެނިގެން ދިޔައީ ވިޖޭ ސެތުޕަތީ އާއި އާރް މާދަވަންއެވެ.