ތ.އަތޮޅުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްޑީޕީއަށް މިހާތަނަށްވެސް ގިނަ އަދަދެއްގެ މެމްބަރުން ގުޅިފައިވާ ތ.އަތޮޅަކީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ނިސްބަތްވާ އަތޮޅެެވެ. މިހާތަނަށްވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ތ.އަތޮޅުން އެމްއެންޕީއާއި ގުޅިފައެވެ.
ތ.އަތޮޅުގައި އެމްއެންޕީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ފުޅާކުރުމަށްޓަކައި، ރިޔާޒު ވަނީ މިއަދު ތ.އަތޮޅުގެ ފޯކަލް ޕޮއިންޓުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާފައިވާ ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މިމަޝްވަރާ ތަކުގައި އެކި ރަށްތަކުގައި މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި، ޕާޓީގެ އޮފީސްތަކާއި، އިދާރާތައް ހެދުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.
އެމްއެންޕީ ގެ ހަރާކާތްތައް ތ އަތޮޅުގައި އިތުރަށް ފުޅާ ކޮށް ވަރުގަދަ ކުރުމަށްޓަކައި އަތޮޅުގެ ރައްރަށުގެ ފޯކަލް ޕޮއިންޓުންނާއި އެކު ޕާރޓީގެ އެއް މުއައްސިސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު @riyazabdulla ބައްދަލު ކުރެއްވުން. @MNPThimarafushi @nazim7878 @a_usham pic.twitter.com/OBJU5hny2o
— MNP THIMARAFUSHI (@MNPThimarafushi) August 20, 2021
އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ