ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

Author
ޢަލީ އާދަމް
20 އޮގަސްޓް 2021 04:52
0

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދުގެ ބައްޕާފުޅު، މުޙައްމަދު އިބްރާހިމް އަވަހާރައްޖެއެވެ.

"ދެކުނު ދަކުޑަޓަރު"ގެ ނަމުން ދެކުނުގެ އަތޮޅުތަކުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ބޭސްވެރިޔާ، ފުވައްމުލަކު ސިޓީގެ މާލެގަމު އަަވަށު މުޙައްމަދު އިބްރާހިމް އަވަހާރަވީ ކުއްލި ގޮތަކަށް މިއަދު ހެނދުނު 10:00 ހާއިރު އޭނާގެ ގޭގައެވެ.

އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ. އަވަހާރަވި އިރު މެންބަރު ހުސައިން އާއެކު 8 ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.

މުޙައަމަދު އިބްރާހިމަކީ އެެތެރެހަށީގެ ބަލިތަކާއި ހާއްސަކޮށް ރުއްގަލު ބޭހުގައި ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ބޭސްވެރިޔާ އެވެ.

މެންބަރު ހުސައިންގެ ބައްޕާފުޅުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މަޣްރިބު ނަމާދަށްފަހު ފުވައްމުލަކު ހުކުރު މިސްކިތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.