ލާރާ، އިންދިރާއަށް ބަދަލުކޮށްލި ވަރުގަދަ މޭކަޕް ދައްކާލައިފި

ލާރާ، އިންދިރާއަށް ބަދަލުކޮށްލި ވަރުގަދަ މޭކަޕް ދައްކާލައިފި

Author
ފާތިމަތު ނާވީ
18 އޮގަސްޓް 2021 08:26
0

ސްޕައި އެކްޝަން ތްރިލާ ފިލްމް "ބެލްބޮޓަމް" މާދަމާ ރިލީޒް ކުރާނެއެވެ. މި ފިލްމުން އަކްޝޭ ކުމާރު، ވާނީ ކަޕޫރު، ހުމާ ގުރައިޝީ އަދި ލާރާ ދައްތާ މުހިންމު ރޯލުތަކުން ފެނިގެން ދާނެއެވެ.

މި ފިލްމުން ލާރާ ދައްތާ ފެނިގެން ދާނީ އިންޑިއާގެ ހަމައެކަނި އަންހެން ބޮޑު ވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. މި ރޯލުކުޅުމަށް ލާރާގެ ލުކް ވެސް ވަނީ މޭކަޕުން ވަރަށް ބޮޑަށް ބަދަލުކޮށްލާފައެވެ. އޭނާގެ ސިފަ ހުރީ މި މޭކަޕްގެ އެހީގައި މީހާގެ ސިފަ ވަކި ނުވާވަރަށް ބަދަލު ކޮށްލާފައެވެ.

މި ސިފައަށް ބަދަލުވުމަށް ލާރާ ކޮށްފައިވާ މޭކަޕް ފެންނަ ވީޑިއޯކޮޅެއް އޭނާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. ލާރާ ބުނާގޮތުގައި މި ރޯލަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއެކެވެ.

 

View this post on Instagram

 

A post shared by Lara Dutta Bhupathi (@larabhupathi)

ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެއްޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރަންޖިތް އެމް ތިވާރީއެވެ. މި ފިލްމުގައި ދައްކުވައިދެނީ އިންދިރާ ގާންދީ އަވަހާރަ ކޮއްލި އަހަރުކަމުގައިވާ 1984 ގައި ހިނގި ހަގީގީ ހާދިސާތަކެކެވެ.

މާދަމާ ފިލްމު ސިނަމާތަކަށް ގެންނާނީ 3ޑީ ކޮށް ކަމަށް އަކްޝޭ މީގެކުރިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.