ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އަވަސް އޮންލައިންގެ ޗެއާމަން ޢަބްދުﷲ ސިނާން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިވަޑައިގެންފިއެވެ.
ސިނާން ޢެމްއެންޕީ އާއި ގުޅިވަޑައިގެންނެވިކަން އެޕާޓީން ޔަގީން ކޮށްދީފައި ނުވި ނަމަވެސް، ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނާން އެމްއެންޕީއާއި ގުޅިވަޑައިގެންފައިވާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެއެވެ. ސިނާންއަކީ ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް އޭރު މަޖިލީހުން ނިކުތް 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މެމްބަރަކެވެ. ސިނާންއަކީ އޭރުގެ ސަރުކާރުން އެކި ތުހުތުތަކެއްކޮށް ޖަލަށްވެސްލާފައިވާ މެމްބަރެކެވެ. އިސްލާހީ ހަރަކާތުގައި ސިނާން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ސިޔާސީ މަސައްކަތުން ސިނާން މާބޮޑަށް ނުފެނުނު ނަމަވެސް ސިނާން ގެންދަވަނީ އޮނަލްއިން ނޫހެއް ހިންގަމުންނެވެ. އަވަސް އަކީ ސިނާންގެ ޗެއާމަން ކަމުގެ ދަށުން ހިންގަމުންދާ ނޫހެކެވެ. ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދައިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރާ އެމްއެންޕީއާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގައާއި، އެކި ޚިދުމަތްތަކުގައި ފާހަގަކޮށްލެވޭ ބޭފުޅުން ދަނީ ގުޅެމުންނެވެ.
އެމްއެންޕީން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށްޓަކާ ރާއްޖެތެރޭގެ އެކިރަށްތަކަށް ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަރަށް އަވަހަށް ޕާޓީގެ ވަފުދެއް އައްޑުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިވައެވެ. އަދި މިދަތުރުގައި އައްޑޫގެ ވަރަށް އިސްބޭފުޅުންކޮޅެއް އެމްއެންޕީއަށް ސޮއިކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެޕާޓީން މިހާރު ގެންދަނީ، އައްޑު އަތޮޅު ހިތަދޫގައި އެޕާޓީގެ އޮފީހެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޕީއަށް މެންބަރުން ހޯދުމަށް ގިނަ ހަރަކާތްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށާއި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މީގެކުރިން ކާނަލް ނާޒިމް ވިދާޅުވެފައި ވެއެވެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.
ޕާޓީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި ވަނީ ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ