މަންދިރާ ބޭދީ އެނބުރި މަސައްކަތަށް!

މަންދިރާ ބޭދީ އެނބުރި މަސައްކަތަށް!

Author
ފާތިމަތު ނާވީ
16 އޮގަސްޓް 2021 06:33
0

ހޮނިހިރު ދުވަހު މަންދިރާ ބޭދީ ވަނީ އިންސްޓަގްރާމްގައި އޭނާގެ ޝޫޓިންގެ ފޮޓޯއެއް ހިއްސަކޮށްފައެވެ. މިއީ އޭނާގެ ފިރިމީހާ ރާޖް ކޯޝާލްގެ މަރަށް ދެމަހަށްފަހު އޭނާ އެނބުރި މަސައްކަތަށް ނުކުތް ފުރަތަމަ ފަހަރެވެ.

ޖޫން 30 ގައި މަންދިރާ ގެ ފިރިމީހާ ރާޖް، ހާޓްއެޓޭކެއް ޖެހިގެން ކުއްލިގޮތަކަށް ވަނީ މަރުވެފައެވެ. މިއާއެކު ފިލްމީ އާއިލާގެ ގިނަ ބަޔަކު ވަނީ އޭނާއަށް ތައުޒިޔާ ކިޔާފައެވެ.

 

View this post on Instagram

 

A post shared by Mandira Bedi (@mandirabedi)

އިންސްޓަގްރާމްގެ ޕޯސްޓް ހިއްސާ ކުރަމުން މަންދިރާ ވަނީ މިއީ ފުރަތަމަ ދުވަސް ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ ޝޫޓިންގ ކުރިއަށް ގެންދަނީ ކޮން ފިލްމެއްގެ ކަމެއް ބުނެފައެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Mandira Bedi (@mandirabedi)

މަންދިރާ ވަނީ އިންސްޓަގްރާމް ފީޑަށްވެސް ފޮޓޯއެއް ލައިފައިއެވެ. މި ފޮޓޯގައި އޭނާ ފެނިގެން ދަނީ ފެހިކުލައިގެ ސާރީއެއްގައެވެ.

މަންދިރާ ދަނީ އޭނާގެ މަސްކަތުގެ އިތުރުން އޭނާގެ ފިރިމީހާގެ މަރާ ބެހޭގޮތުން ފޭނުންނަށް ސޯޝަލް މީޑީއާގައި މައުލޫމާތު ހިއްސާކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.