އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ އެތައްބަޔަކު ތިބިއިރު، ކުރީގެ ރައީސް ޔާމީނަށް އެކަނި އެމައްސަލާގައި ދަޢުވާކޮށް ނިންމާލުމަށްވުރެއް ބޮޑަށް ދަޢުލަތް އޮރިޔާންވާނެ ކަމެއް ނެތްކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ތުހުމަތު ކުރާ އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށް އޭނާ ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި، ގުޅިގެން އެމްޑީޕީގެ ވަޓްސްއަޕް ގްރޭޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ދަޢުވާ ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
މިމައްސަލާގައި ހަމައެކަނި ކުށްވެރިއަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅައި ރައީސް ޔާމީން ޖަލަށް ލުމަކީ ވަރަށް ހުތުރު ކަމެއްކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަން ރައީސް ޔާމީނާއި ހަމައިން ނިއްމާލައި ދައުވާތަކުގައި އަތްއެޅުމަށްވުރެއް ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ މައްސަލައިގެ ދައުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ. ރައީސް ޔާމީނަށް އެކަނި ދަޢުވާކޮށްފައި ނިންމާލުމަކީ ވަރަށް ހުތުރުކަމެއް. އެއަށްވުރެއް ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއްނެތް.
– ނަޝީދު ވިދާޅުވިއެވެ.
ފަހުގެ ތާރީޚެއްގައި ހިނގި ކޮރަޕްޝަންގެ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލާނެކަމަށާއި، އެ މައްސަލަ ބަލައިފިނަމަ މަޖިލީހުގެ ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރު ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތްކަމަށެވެ. މެންބަރުން ބޭނުންފުޅުވާނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތަޙްޤީގު އިދާރާތަކުން ވިދާޅުވެފައިވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
3 Responses
އަޙްމަދު މަޚްލޫފް އެދެއްކެވި ވާހަކައަކީ މިހާރުން މިހާރަށް ތަޙްޤީޤީ އިދާރާތަކުން ފުރިހަމަ ތަޙްޤީޤެއްހިންްގާބަލަން ޖެހޭ މަސްއަލައެއް އެއީ ރައީސުލްޖުމްހޫރިއްޔާއާއި ޕީ.ޖީ މަޚްލޫފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހޭވަރުގެ ކަމެއް އޮތްނަމަ ރައްޔިތުންގެ މަޖުލީހުން އެދެބޭފުޅުންގެ އިތުބާރު އޮތްތޯ ބަލަންޖެހޭ އަދި މަޚްލޫފުގެ އެވާހަކައަކީ ދޮގަކަށްވާނަމަ އޭނަގެ މައްޗަށް އިތުރު ދަޢުވާއެއް އުފުލަންޖެހޭ
އެފަދަބޮޑުކަމެއްއެހާ ފާޅުކަން ބޮޑުގޮތެއްގައި ހިންްގައި ނިމުނުއިރުވެސް ރައީސް އަކަށް ހުންނެވި ބޭފުޅާވެސް އެއންކަމަކާއި އަޅުއްވާ ނުލައވައި ހުންނެވުމުން އެންމެ ފުރަތަމަ އެބޭފުޅާގެ މައްސަލަބެލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ވާނެނޫންތޯ އެއަށްފަހު އެހެންބޭފުޅުންގެ މައއސަލަ ބެލުމީ އެންމެ އިންސާފުގޮތްކަމުގައި އަޅުގަޑަށްޤަބޫކުރެވެނީ ރާއްޖޭގެ ވެރިކަން އަޅުގަނޑުމެން ރައްޔިތުން ބޭފުޅަކާއި ޙަވާލުކުރީމައި އެކަންކަން ހިގައި ނުހިނގައި ގޮތްބެއްލެވުމަކީ އެބޭފުޅެއްގެ ޒިންމާއެއްނޫންތޯ އެހެންވީމައި އެބޭފުޅާއާއި ގުޅުންހުރިހާ މައދަލަތަކެއް އެންމެފުރަތަމަ ބެލުމީއެންމެ އިންސާފު ކަމުގައި ނުވާނެތޯ
އެފަދަބޮޑުކަމެއްއެހާ ފާޅުކަން ބޮޑުގޮތެއްގައި ހިންްގައި ނިމުނުއިރުވެސް ރައީސް އަކަށް ހުންނެވި ބޭފުޅާވެސް އެއންކަމަކާއި އަޅުއްވާ ނުލައވައި ހުންނެވުމުން އެންމެ ފުރަތަމަ އެބޭފުޅާގެ މައްސަލަބެލުން އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ވާނެނޫންތޯ އެއަށްފަހު އެހެންބޭފުޅުންގެ މައއސަލަ ބެލުމީ އެންމެ އިންސާފުގޮތްކަމުގައި އަޅުގަޑަށްޤަބޫކުރެވެނީ ރާއްޖޭގެ ވެރިކަން އަޅުގަނޑުމެން ރައްޔިތުން ބޭފުޅަކާއި ޙަވާލުކުރީމައި އެކަންކަން ހިގައި ނުހިނގައި ގޮތްބެއްލެވުމަކީ އެބޭފުޅެއްގެ ޒިންމާއެއްނޫންތޯ އެހެންވީމައި އެބޭފުޅާއާއި ގުޅުންހުރިހާ މައދަލަތަކެއް އެންމެފުރަތަމަ ބެލުމީއެންމެ އިންސާފު ކަމުގައި ނުވާނެތޯ