މިނިސްޓަރ ޢިމްރާން ކޯވިޑުން ރަނގަޅުވެ މަސައްކަތަށް

މިނިސްޓަރ ޢިމްރާން ކޯވިޑުން ރަނގަޅުވެ މަސައްކަތަށް

Author
މުޙައްމަދު ޝަޒައިމް
13 އޮގަސްޓް 2021 07:55
0

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޯވިޑް-19 އިން ފަސޭހަ ވަޑައިގެން، މަސައްކަތަށް ނިކުންނަވައިފިއެވެ.

މިނިސްޓަރ އިމްރާންވަނީ، ރޭ ކަރެކްޝަނުން ބޭއްވި “ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ” (ޕީ.އާރް.ޓީ.ޓީ) ގެ ހަ ވަނަ ބެޗްގެ ނިމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައެވެ.

މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ، އާލާސްކަންފުޅައި އުޅުއްވާތީ މިދިޔަ މަހުގެ 28 ގައި ކޯވިޑަށް ޓެސްޓްކުރެއްވުމުންނެވެ. ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ، އެމަނިކުފާނު ވަނީ ކޯވިޑްއިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައި ވަނިކޮށެވެ.

މިނިސްޓަރ ޢިމްރާން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ކުރިން ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލްވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވެ ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދަށްވެފައެވެ. ޚާއްޞަކޮށް މާލެ ސަރަހައްދުގައި ބަލިޖެހޭ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.