6 މޭގެ ޓަރަރިސްޓު ހަމަލާއަކީ، ފަހަކަށް އައިސް ރާއްޖޭގައި ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ

މެއި 6 ކޮމެޓީން ހަމަލާގައި ފައިސާގެ މުއާމަލާތް ހިންގާފައިވާގޮތް ބަލަން އެދިއްޖެ

މެއި 6 ކޮމެޓީން ހަމަލާގައި ފައިސާގެ މުއާމަލާތް ހިންގާފައިވާގޮތް ބަލަން އެދިއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއާއި ގުޅިގެން، އެކަމުގައި ފައިސާގެ މުއާމަލާތެއް ނުހިނގާކަމަށް ގަބޫލު ނުކުރެވޭތީ، ހަމަލާގައި ހިނގާފައިވާ ފައިސާގެ މުއާމަލާތުގެ ތަފްސީލް ހޯދުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެކަމަށް އެކޮމެޓީން ބުނެފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަށް ފަރާވެރިވުމަށް "މެއި ހައެއް"ގެ ނަމުގައި އުފައްދާފައިވާ އެޕާޓީގެ ކޮމިޓީގެ ޗެއަރޕާސަން ޙަސަން ހަފީފް ވިދާޅުވީ ބުރާސްފަތި ދުވަހު ފުލުހުންނާ ބައްދަލުކޮށް ތަހުގީގު ކުރިއަށްދާ ގޮތާ މެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަފީފު ވިދާޅުވީ ފައިސާގެ މުއާމަލާތް ހިންގާފައިވާ ގޮތް ބަލައި ދިނުމަށް އެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައި ނުވާ ކަމަށް ނުނިންމާ ކަމަށާއި، ރައްޔިތުން ގަބޫލުކުރާ ފަދަ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތަކަށް ބަލާއިރު ފަންޑުކުރުމަށް ދެގޮތަކަށް އަމަލުކުރާ ކަމަށެވެ. އެގޮތުން އެއްގޮތަކީ ހަމަލާއަށް އެހީތެރިވުމުގެ ގޮތުން ކުރާ ޚަރަދާއި ހަމަލާ ދިނުމަށް އެހެން ފަރާތަށް އިނާމެއްގެ ގޮތުގައި ފައިސާދިނުން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދޭން އައިއީޑީ ހަރުކޮށް ގޮއްވައިލި ސައިކަލަކީ 2019 ވަނަ އަހަރު 18000 ރުފިޔާއަށް ގަތް ސައިކަލެއްކަމަށެވެ. އަދި ހަމަލާއަށް ތައްޔާރުކުރުމުގެ ގޮތުން އެ ސައިކަލު ހުޅުމާލެ ގަރާޖަކުން ސަރވިސްކޮށްފައިވާކަމަށް ރިޔާޒު ވިދާޅުވިއެވެ. އޭސީޕީ ރިޔާޒު ވިދާޅުވީ އެރޭ ގޮއްވާލި ބޮން ހެދުމަށް ވަކި އެޕާޓްމަންޓެއް ކުއްޔަށް ހިފާފައި ކުރި ކަމަށާއި އެކަމަށް ފައިސާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ހަމަލާއާއި ގުޅިގެން މިހާތަނަށް 317 އަށްވުރެ ގިނަ ބެންކް ސްޓޭޓްމެންޓްތަކާއި އަދި މިފަރާތްތަކާ ގުޅުންހުރި އާއިލާ މީހުންނާއި ރައްޓެހިންގެ އިތުރުން ގާތް މީހުންގެ ބެންކް ސްޓޭޓްމެންޓްތައް ވެސް ހަމަލާއާއި އެއްވެސް ގޮތަކަށް ގުޅުން އޮތްތޯ ބެލުމަށް ދިރާސާކޮށްފައިވާނޭކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުންވެސް ވަނީ މިހަމަލާގައި ފަންޑު ކުރި ބަޔަކު ނެތްކަމަށް ގަބޫލު ކުރަން ވަރަށް ދަތިކަމަށެވެ. މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުމަކީ ގަބޫލުކުރެއްވޭ ކަމެއް ނޫން ކަމަށެވެ. ތަހުގީގު ވަކި ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށާއި، ފަންޑުކުރި މީހުންނާ ހަމައަށް ވާސިލް ނުވަނީސް މިއީ ފުރިހަމަ ތަހުގީގެއް ކަމަށް އެއްވެސް ރައްޔިތެއް ގަބޫލުނުކުރާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ބޮންޑޭގެ ވާހަކަތަކަށް ތާއިދުކޮށް ވާހަކަދައްކަވާފައެވެ. ވައްޑެ ވިދާޅުވީ ފައިސާގެ މުއާމަލާތެއް ނުހިނގާ މޭރުމުން ފުލުހުން ވާހަކަދެއްކެވުމުން އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.

ރޭގެ ބައްދަލުވުމުގައި މެމްބަރުން ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިނިސްޓަރ އިމްރާން އެމަޤާމުގައި ހުންނަވައިގެން މި ތަހުގީގު ރަނގަޅަށް ގޮސްދާނެ ކަމާއިމެދުވެސް ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.