ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ގައުމީ އެއާލައިން މޯލްޑިވިއަން ބައިވެރިވެއްޖެ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ގައުމީ އެއާލައިން މޯލްޑިވިއަން ބައިވެރިވެއްޖެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ގައުމީ އެއާލައިން މޯލްޑިވިއަން ބައިވެރިވެއްޖެއެވެ. މި ޕްރޮގްރާމްގެ ދަށުން މޯލްޑިވިއަން އިން ވަނީ މުޅި ރާއްޖޭގައި 50،000 ގަސް އިންދުމުގެ ހަރަކާތެއް އިއްޔެ ފަށައިފައެވެ.

މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ސަރުކާރުގެ އެހެން ކުންފުނިތަކުންވެސް ބައިވެރިވަމުން އަންނައިރު، ސްޓެލްކޯއިން މިހާތަނަށް ވަނީ 52،334 ގަސް އިންދާފައެވެ. ސްޓެލްކޯއިން މި ގަސްތައް އިންދާފައިވަނީ ޖޫން 5 އިން ޑިސެންބަރު 21 އާ ދެމެދު، އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައެވެ. ސްޓެލްކޯއިން ވަނީ ފަސް އަހަރުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމަށް އަމާޒު ހިފާފައެވެ.

ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ މި ޕްރޮގްރާމް ރައީސް މުއިއްޒު އިޢުލާންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޔޫއޭއީގައި ބޭއްވުނު "ކޮޕް28″ ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *