މޮނިޓަރިންގައި އޮތްނަމަވެސް ފުވައްމުލަކު ސްކޫލްގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވަދޭން ނިންމައިފި

މޮނިޓަރިންގައި އޮތްނަމަވެސް ފުވައްމުލަކު ސްކޫލްގައި ދަރިވަރުން ހާޒިރުކޮށްގެން ކިޔަވަދޭން ނިންމައިފި

ފުވައްމުލައް ސިޓީ މޮނިޓަރިންގގައި އޮތް ނަމަވެސް ފުވައްމުލަކު ސްކޫލުގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެ ސްކޫލުން ނިންމައިފިއެވެ.

އެ ސްކޫލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައި ވަނީ އަންނަ އަންގާރަ ދުވަހު ދިރާސީ އަހަރު ފެށުމަށްފަހު، މޮނިޓަރިން އުވާލަން ދެން ގްރޭޑް 7 އިން ފެށިގެން މަތީގެ ގްރޭޑްތަކުގެ ދަރިވަރުން ނަށް ކިޔަވައިދޭނީ ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ. އަދި އެނޫން ގްރޭޑްތަކުގެ ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމަށް ނިންމާފައި ވާކަމަށްވެސް އެސްކޫލުން ބުނެއެވެ.

ޖޫން މަހުގެ 6 ވަނަދުވަހުން ފެށިގެން ފުވައްމުލައް ސިޓީ އޮތީ މޮނިޓަރިންގގެ ހާލަތުގައެވެ. އެޗްޕީއޭގެ ގައިޑްލައިން ބުނާގޮތުން މޮނިޓަރިންގ ހާލަތުގައި އޮތް ރަށްރަށްރަށުގައި ދަރިވަރުންނަށް ކިޔަވައިދޭން ވާނީ ސްކޫލަށް ހާޒިރުނުކޮށް އޮންލައިންކޮށެވެ.

އެހެންނަމަވެސް އެޑިއުކޭޝަން މިނިސްޓރީން ބުނީ މޮނިޓަރިންގ ހާލަތުގައި އޮތް ރަށެއްގައިވެސް، އެރަށެއްގެ ހާލަތަށް ބަލާފައި އެ ރަށަކަށް ހާއްސަ ކޮށްފައި އޮންނަ ޓާސްކްފޯހުން އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު ސްކޫލަށް ދަރިވަރުން ހާޒިރުކޮށް ކިޔަވައިދިނުމުގައި މައްސަލައެއް އަދި ހުރަހެއްވެސް ނެތްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *