ސަރުކާރުންވެސް އެމްޑީޕީ ދެކޭ ގޮތާއި، ގުޅޭގޮތުން ވިސްނާނެކަމަށް ދެކެން: ނަޝީދު

ސަރުކާރުންވެސް އެމްޑީޕީ ދެކޭ ގޮތާއި، ގުޅޭގޮތުން ވިސްނާނެކަމަށް ދެކެން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2021 04:10
0

ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު، އެމްޑީޕީން ދެކޭ ގޮތާއި، ގުޅޭގޮތުން ސަރުކާރުންވެސް ވިސްނާނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންކުއަރީގެ ރިކޮމަންޑޭޝަންސް އަށް އަމަލުކުރަން ސަރުކާރުން ރާވަފައިވާ ގޮތެއް އެނގުމުން ނޫނީ މަޖިލިސް ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަަޝީދު ރާއްޖެއަކީ އައުމަކީ ރުހޭ ކަމެއް ނޫންކަމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެ ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ޗެއަޕާޗަން ހަސަން ދެކެވަދައިގަންނަވާ ގޮތް އެއީ އަބަދުވެސް ވިސްނަވާ ކަމެއްކަމެއްކަމަށެވެ. އަދި އެމަނިކުފާނަށް ދިން ހަމަލާއަށްފަހު މަޖިލީހާއި، އެމްޑީޕީން ނިންމާފައިވާ ކަންކަމާއިމެދު ސަރުކާރުން ވިސްނާނެކަމަށް އުންމީދު ކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާ ދެކެވަޑައިގަންނަވަ ގޮތް އެއީ އަބަދުވެސް އަޅުގަނޑު ވިސްނާނެ ކަމެއް. އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކަރުވެސް އެމްޑީޕީ ދެކޭ ގޮތާއި ގުޅޭގޮތުން ވިސްނާނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށް އެމަނިކުފާނުގެ އާއިލާއިން ވަނީ ބުނެފައެވެ. ރައީސް ނަޝީދު އަންނަ މަހު ރާއްޖެއަށް އައުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން ހަސަން ވިދާޅުވީ އެއްގޮތަކަށްވެސް ރާއްޖެއަށް އަދި އައުން ރަނގަޅު ނޫންކަމަށެވެ. ރައީސް ނަޝީދު މަރާލަން ގޮއްވާލި ބޮމުގެ ހަމަލާގެ މައުލޫމާތު ކުރިންލިބި އެކަމަށް ފިޔަވަޅު ނޭޅުމަކީ ރާއްޖެއަށް އައުމާއިމެދު އިތުރަށް ވިސްނަންޖެހޭ ކަމެއްކަމަށް ހަސަން ވިދާޅުވިއެވެ.

އަދި މަޖިލީހުން މިކަމާއި ގުޅޭ ވަރަށް ތަފްސީލީ ރިޕޯޓެއް ގިނަ ރިކޮމަންޑޭޝަންތަކާއިއެކު ހިމަނާފައިވާއިރު ސަރުކާރުން މިކަމުގައި އަމަލުކުރާ ގޮތެއް ސާފު ނުވަނީސް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކީ އެއްގޮތަކަށްވެސް އެދޭ އަދި ރުހޭ ކަމެއްނޫންކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން ކުރިއަށްގެންދިޔަ ޕާލިމަންޓްރީ އިންކުއަރީގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ޖުމްލަ 45 ހުށަހެޅުމަކާއެކުއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ހުށަހެޅުންތަކަކީ ރައީސް ނަޝީދު އުޅުއްވާ ވަގުތުތަކާއި ނޫޅުއްވާ ވަގުތުގައިވެސް އެ މަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ކޮންޓްރޯލްކޮށް، ހަތިޔާރާއެކު 24 ގަޑި އިރު ފޯރިމެރުމާއި، ހަމާލާއާއި ގުޅޭ ކަންކަމުގައި އިހުމާލުވި މީހުންނާއި ޒިންމާ އަދާނުކުރި ފަރާތްތައް ވަކިކޮށް ފިޔަވަޅުއެޅުމާއި، ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އޮފިސަރުން އަަހަރަކު އެއް ފަހަރު އެމީހުންގެ މައްސަޢޫލިއްޔަތު އަދާކުރެވޭ ފެންވަރުހުރިތޯ ދެނެގަތުމާއި، އިންޓެލިޖެންސާ ބެހޭ އެކްޓެއް ނުވަތަ ޚާއްސަ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ސިފައިންނާއި ފުލުހުންނާ މަޝްވަރާކޮށް، ރައީސަށް ލަފާދޭ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް ހަމަޖެއްސުމަށާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނޭ ޑާޓާ ބޭސްއެއް ގާއިމްކުރުމަށްވެސް މި ރިޕޯޓުގައި ހުށަހަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޯޑު
ތީ އެމްޑީޕީ ދެކޭ ގޮތެއްނޫ.ތީ ތިޔައުޅޭ ފިރުއައުނު ދެކޭ ގޮތް
B Bulbul
ކެނެރީގެ ނަޝީދުއަށް އަދި އެމް.ޑީ.ޕީއަށް ރަނގަޅުވާހާ ގޮތެއް ނުޖެހޭ ރައީސް ސޯލިޙް ހަދާކަށް. ޥެރިކަމަށް އައީ ހަމައެކަނި އެމް.ޑީ.ޕީ ގެ ޔެލޯފީވަރ ޖެހިފައިތިބި މީހުންގެ އެކަނިންކަން ކެނެރީގޭ ހޭބުއްދިފިލާފަ ހުރި ސޮރަށް ނޭގެނީތޯ. ތިޔައީ އެންމެ 6 އެއްކަ މީހުން ބޭނުންވާގޮތް. ބާކީ ތިބި ރައްޔިތުން ތި 6 އެއްކަ މީހުންނަށްވުރެ ގިނަކަން އިނގި ނުލައްވަނީތޯ