އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި، މެމްބަރުގެ ޝުކުރު ރައީސަށް

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި، މެމްބަރުގެ ޝުކުރު ރައީސަށް

Author
މުޙައްމަދު ޝަޒައިމް
05 އޮގަސްޓް 2021 11:10
0

ހއ.އިހަވަންދޫގައި ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް ދިނުމަށް އެރަށުގެ ބިންހިއްކުމުގެ އަމަލީ މަަސއްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެ ހަވީރުއެވެއެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫއު އެމްޓީސީސީ އާ ހަވާލު ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

މިމަޝްރޫއުގެ މަސައްކަތް ފެށުމާއި ގުޅިގެން އެދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ މިއީ އިހަވަންދޫ ރައްޔިތުން ކުރަމުންދިޔަ ދިގު އިންތިޒާރެއްގެ ނިމުންކަމަށެވެ. ބިންހިއްކަން ފެށުނީތީ ދާއިރާގެ އެންމެހާ ރައްޔިތުންނަށް ޝިފާއުވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މިމަސައްކަތް ހަގީގަތަކަށް ހައްދަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުކަން ފާހަގަކޮށް ޝިފާއުވަނީ ރައީސް ޞާލިއަށް ޝުކުރު ދަންނަވާފައެވެ.

އިހަވަންދޫގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ އުފާވެރި ދުވަހު އިހަވަންދޫގެ ލޮބުވެތި ރައްޔިތުންނަށް މަރުހަބާޔާ މުބާރަކުބާދީ އަރިސްކުރަން. އިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހިފެހެއްޓުމެއްނެތް ޝުކުރު އަރިސްކުރަން.

– ޝިފާއު ވިދާޅުވިއެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރުގެ ނިވެމްބަރު 10ގައެވެއެ ކުންފުންޏާ މި މަޝްރޫއު ހަވާލު ކުރީ 123.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.