ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 57 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެ މަޝްރޫޢުގެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިންގް މަސައްކަތްތައް އިއްޔެ ފަށާފައި ވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން ކުރާނެއެވެ.
Work on Design and Build of Ha. Ihavandhoo Harbour is well underway, with overall 57% project progress. We have commenced casting works of the old harbor pavement on 2nd August 2021. The value of the project is MVR 51.7 million.#MTCCProjects pic.twitter.com/EJ7lDLBZUX
— MTCC Plc (@MTCCPlc) August 3, 2021
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.