ސަރުކާރު ދަބަރު ޖަހައި ބާދަގަނޑަށް ވެއްޖެ: މަލީހު

ސަރުކާރު ދަބަރު ޖަހައި ބާދަގަނޑަށް ވެއްޖެ: މަލީހު

Author
ޢަލީ އާދަމް
02 އޮގަސްޓް 2021 08:10
0

3 އަހަރު ވީއިރު އެއްކަމެއްވެސް ނުކުރެވި މި ސަރުކާރު ދަބަރު ޖަހައި ބާދަގަނޑަށް ވެއްޖެކަމަށް، މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރަ މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމާއި މަރާލައިފައިވާ މީހުނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް މާދަމާ ހާޒިރުވެވަޑައިގަތުމަށް، އަންގާފައިވާ އެންގުމުގެ ސަބަބުން ސަރުކާރަށް ފާޑުވިދާޅުވަމުން މަލީހް ވިދާޅުވީ 3 އަހަރުވީއިރު ކަމެއް ނުކުރެވި މި ސަރުކާރު ދަބަރު ޖަހާޖަހާ ބާދަގަނޑަށް ވެއްޖެކަމަށެވެ. އަދި ނީލަމުގަވެސް މި ސަރުކާރު ނުވިކޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.

"ދެން ކޮންކަމެއް ކުރެވޭތޯ ދައްކަންތޯ ރައީސް ޔާމީނަށް އަނިޔާކޮށް ޖެއްސުން ތިޔަކުރައްވަނީ؟"

– މަލީހު

ދާދިފަހުން އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގަތް މަލީހު މިނިސްޓަތުމަކުން ދުރުކުރުމާއެކު ގެންދަވަނީ ވަރަށް ބޮޑަށް، ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ބޮޑުތަނުން ބަލިވުމަކީ ރައީސް ޔާމީނަށް އަނިޔާކުރަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް މަލީހު މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.