އެމްޓީސީސީން ކުރިއަށް ގެންދާ ރ.އަނގޮޅިތީމު ބަނދަރު މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ އަނގޮޅިތީމް ބަނދަރުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ނިމިފައިވާކަމުގައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް 24 ޖޫން 2021 ވަނަ ދުވަހު ވަނީ ނިމިފައި. އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައި.#MTCCProjects pic.twitter.com/A3BxFjlgcS
— MTCC Plc (@MTCCPlc) August 2, 2021
މި މަޝްރޫޢުގެ ދަށުން އެރަށުގައި ސާޅީސް ދެހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ހިއްކުމާއި، ދުއިސައްތަ އެކާވީސް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށްވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނުވަދިހަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަސައްކަތްތަކުގެ އިތުރުން އެއްހާސް އެއްސަތޭކަ ދިހަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.
މި މަސްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 44.31 މިލިއަން ރުފިޔާއަށް މިމަހުގެ 08 ވަނަ ދުވަހުއެވެ. މި ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ބަނދަރުތައް ތަރައްޤީ ކުރަމުންނެވެ. މިހާރު ހަދަމުންދާ ގިނަ ބަނދަރުތައް މިއަހަރު ހުޅުވޭނެކަަމަށްވެސް އެމްޓީސީސީން ލަފާކުރެއެވެ.