އަލަށް އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ، އެމްއެންޕީގެ ކައުންސިލްގައި ވާދަކުރަން ޝަޢުގުވެރިކަން ހުރި ފަރާތްތަކަށް އެޕާޓީއަށް ވަނުމުގެ ދަޢުވަތު ހުޅުވާލައިފިއެވެ.
އެމްއެންޕީ އުފެއްދުމުގައި އިސްދައުރެއް އަދާކުރެއްވި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ، އެޕާޓީގެ ގެ ސިޔާސަތުތައް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުންކަމަށާއި، ކައުންސިލްގައި އިންތިޚާބީ 87 ދާއިރާއިން އިންތިޚާބުކުރާ ދާއިރާގެ ރައީސުން ތިބޭނެކަމަށެވެ.
ޢަބްދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެޕާޓިގެ ކައުންސިލްގައި ވާދަކުރުމަށް ޝަޢުގުވެރިކަން ހުރި ފަރާތްތަކުން އެމް.އެން.ޕީ އާއި ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވާކަމަށެވެ.
އެމް.އެން.ޕީ ގެ ސިޔާސަތުތައް ކަނޑައަޅާނީ ޕާޓީގެ ކައުންސިލުން. ކައުންސިލްގައި އިންތިޚާބީ 87 ދާއިރާއިން އިންތިޚާބުކުރާ ދާއިރާގެ ރައީސުން ތިބޭނެ. މިކަމަށް ޝައުގުވެރިކަން ހުރިފަރާތްތަކުން އެމް.އެން.ޕީ އާއި ގުޅިވަޑައިގަތުމަށް ދަޢުވަތު އަރުވަން. @MNP_Secretariat
— Abdulla Riyaz MP (@riyazabdulla) August 1, 2021
އެމްއެންޕީ ތަޢާރަފް ކުރުމަށް މިނިވަން ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކާނަލް ނާޒިމް ވިދާޅުވީ ވިދާޅުވީ އެމްއެންޕީއަކީ ސީދާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ މަޤްސަދުގައި އުފައްދަވާ ޕާޓީއެއް ކަމަށާއި، މިހާރު ރާއްޖޭގައި ހުރި ގިނަ ސިޔާސީ ޕާޓީތައް ހެން އެންމެ މީހެއްގެ ފަހަތުގައި ވަށާ އެނބުރޭ ޕާޓީއަކަށް އެޕާޓީ ނުވާނެ ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ލީޑަޝިޕްގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ގިނަވެގެން މަގާމުގައި ތިއްބެވޭނީ ދެ ދައުރަށް ކަމަށް އަސާސީ ގަވައިދުގައި ހިމަނުއްވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެގޮތަށް ޕާޓީގެ އަސާސްތައް ކަނޑައަޅާނީ ގިނަބަޔަކަށް ހާއްސަކޮށް ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.