ސިޔާސީ ލީޑަރުންނަށް މޫސަ ގޮވާލީ ރައީސްގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމަށް

ސިޔާސީ ލީޑަރުންނަށް މޫސަ ގޮވާލީ ރައީސްގެ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމަށް

Author
މުޙައްމަދު ޝަޒައިމް
31 ޖުލައި 2021 12:10
0

ކޯވިޑުން ރައްކާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފެއްޓެވި ވެކްސިންގެ ޤައުމީ ކެމްޕެއިންގައި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމް މިއަދު ފަށާފައިވާއިރު، މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގެއި ވަނީ، އެތަކެއް މަސްތަކެއްގެ ދަތިއުނދަގޫތަކަށް ފަހު، އާންމު ހާލަތަށް ރުޖޫޢަ ވުމަށް މިހާރު އޮތް މަގަކީ ވެކްސިން ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލަށް ނިކުތުމަށާއި، ވިޔަފާރިތައް ހިންގުމަށާއި ޢާއިލާއާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދުމަށް ވެކްސިންގެ ޖެހުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކުންވެސް އާޢިލާއާއި އިޖްތިމާޢީ ރައްކާތެރިކަމަށްޓަކައި ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރައީސްގެ އިލްތިމާސާއި ގުޅިގެން މޫސަ ވިދާޅުވީ ސިޔާސީގޮތުންވެސް އަދި އިޤްތިޞާދީ ގޮތުން ރާއްޖެއަށް މިވަގުތު އޮތް އެންމެ ފައިދާ ބޮޑު ކެމްޕެއިންއަކީ ރައީސް ޞާލިހު ފައްޓަވާފައިވާ ކެމްޕެއިންކަމަށެވެ. މިކެމްޕެއިންގައި ސިޔާސީ ހުރިހާ ލީޑަރުންގެ އެއްބާރުލުން ދޭންޖެހޭކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ނޫނީ ކުރިއަށް އޮތް ދުވަސްތަކަކީ އުދަނގޫ ދަތި ދުވަސްތަކަށް ވެދާނެކަމަށް މޫސަ ވިދާޅުވިއެވެ.

ކޯވިޑްގެ ނުރައްކާތެރި ވަބާއިން ރާއްޖެ މިނިވަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފައްޓަވާފައިވާ ވަރުގަދަ ކެމްޕޭނަށް ރާއްޖޭގެ ހުރިހާސިޔާސީ ލީޑަރުންވެސް ގުޅިގެން ޤައުމީ ކަމެއްގެގޮތުގާ މިކަމަށްއިޖާބަ ދެއްވާ، މިވަގުތު މި އަމާޒަށް ދަތުރުނުކޮށް ސިޔާސީ ކުރިމަގުވެސް ބަނަ.

– މޫސަ ވިދާޅުވިއެވެ.

ރައީސް ފައްޓަވާފައިވާ ކޯވިޑް ވެކްސިންގެ ޕްރޮގުރާމުގައި ބައިވެރިވުމަށް މޫސަ ސިޔާސީ ލީޑަރުންނަށް ގޮވާލާފައިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން “މިނިވަން ކަމުގެ ދިފާއުގައި ދިވެހިން”ގެ ނަމުގައި ބޮޑު ކެމްޕެއިނެއް އިފްތިތާހު ކުރުމާއިވެސް ގުޅިގެންނެވެ.

މިކެންޕެއިން އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށާއި އުމަރު ނަސީރު އާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ޖުމްހޫރި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީޕީގެ ލީޑަރު ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް މި ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އަބްދުއްރަހީމް ވަނީ ދައުވަތު އަރުއްވާފައެވެ.

އޭނާ ވިދާޅުވީ އެއްވެސް ދާއިރާއެއް އިސްތިސްނާ ވުމެއް ނެތި ކޮންމެ ދާއިރާއަކުން ބެއްޔަސް ރާއްޖެ މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ރޭ ފެށިގެން ދިޔަ ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވިސްނުންފުޅާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން ފެއްޓި ގައުމީ ކެމްޕެއިނެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.