ބިދޭސީ ޓީޗަރުންނަށް ދޭ އެލަވެންސްތައް ދިވެހި ޓީޗަރުންނަށްވެސް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: އާދަމް ޝަރީފް

ބިދޭސީ ޓީޗަރުންނަށް ދޭ އެލަވެންސްތައް ދިވެހި ޓީޗަރުންނަށްވެސް ދޭނަމަ ދިވެހި ޓީޗަރުން ލިބޭނެ: އާދަމް ޝަރީފް

Author
ޢަލީ އާދަމް
29 ޖުލައި 2021 09:25
0

އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށްވެސް ކެއުމާއި އެކޮމޮޑޭޝަން އެލަވެންސް ދޭނަމަ، ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ތައުލީމީ ދާއިރާގައި ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އާދަމް ޝަރީފް ރޭ ވިދާޅުވީ ދިރާސީ އަހަރު ފެށޭއިރު ބިދޭސީ ޓީޗަރުންނާ އެއްގޮތަށް، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށް ކެއުމާއި އެކޮމޮޑޭޝަން އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފިނަމަ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ލިބި، ގައުމީ މަންްހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވަފއި ވާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ގުރުއާނާއި އަރަބި ކިޔަވައިދޭ ޓީޗަރުން އިންޑިއާ އިން ގެނައުމާއެކު އެޑިއުކޭޝަން މިނިސްޓްރީއަށް މީގެކުރިން ވަނީ ބޮޑު ފާޑުކިއުމެއް އަމާޒުވެފަ އެވެ. ނަމަވެސް މިނިސްޓްރީން އޭރު ބުނީ ޓީޗަރުން އިންޑިއާ އިން ގެންނަން ޖެހުނީ ދިވެހި ޓީޗަރުން ހޯދުމަށް ތަކުރާރުކޮށް އިއުލާނު ކޮށްގެން ވެސް ނުލިބުމުން ކަމަށެވެ.

ރާއްޖޭގައި ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ހާއްސަކޮށް ޓީޗަރުންގެ މުސާރައިގެ މައްސަލައަކީ، އެކަމާމެދު ބަހުސްކުރެވެމުންދާތާ ގިނަ ދުވަސްވީ މައްސަލައެކެވެ. އަދި މިހާތަނަށް އެދެވޭ ހައްލެ ލިބިފައިވެސް ނުވާ މި މައްސަލާގައި ޓީޗަރުންގެ މައިގަނޑު ކަންބޮޑުވުމަކީ އެމީހުންގެ ޒިންމާތަކާއި މަސްޢޫލިއްޔަތާއި އެއްވަރުގެ އާމްދަނީއެއް ނުވަތަ މުސާރައެއް ނުލިބުމުގެ މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މޮހޮތޮ
ދޭސީ ޓީޗަރުން، ބިދޭސީ ޓީޗަރުންނަށްވުރެން މާބުރަކޮށް ކިޔަވައިދިނުމާއި ސްކޫލުތަކުގެ އެހެނިހެން ޙަރަކާތްތަކުގައި އުޅޭއިރު، ދިވެހިންނަށްވީތީ ބައެއް އެލަވަނސްތަކުން މަޙްރޫމް އެބަވޭ. ދިވެހި ޤައުމުގައި ދޭސީ ޓީޗަރުންގެ ޙައްޤުތަކެއް މިވަނީ ގެއްލިގެން ހޯދައި ނުފެނިފައި. ދިވެހި ޤައުމުގައި ބިދޭސީންގެ ޙައްޤު މާބޮޑުހެން ހީވާކަހަލަ.
ސ ސަލީމް
މަނިކުފާނު ތަޢުލީމީދާއިރާގާ އެހާދުވަހު މަތމަގާމުގާހުރިއިރު... އެކަމަށްވަކާލާތުނުކުރީ ވެރިންދެކެބިރުންތޯ ނޫނީވަޒީފާގެށްލިދާނެތީތޯ އަޅުގަޑުސުވާލުކޮށްލަމެވެ ... މިހާރުމަޖުލީސްތެރޭކީވެތޯއަޑުނފިލަނީ ...އަދިމާއަވަސްތިވާހަކަދަށްކަން ވަޒީފާގެށްލުނީމާދައްކަވާކަހަލަވާހަކަތިދަށްކަނީމިހާރު....