ރާއްޖެއާއި މުމްބާއީއާ ދެމެދު އެއަރ އިންޑިއާގެ ދަތުރުތައް އަލުން ފަށައިފި

ރާއްޖެއާއި މުމްބާއީއާ ދެމެދު އެއަރ އިންޑިއާގެ ދަތުރުތައް އަލުން ފަށައިފި

Author
ޢަލީ އާދަމް
29 ޖުލައި 2021 07:20
0

އިންޑިއާގެ ގައުމީ އެއަރލައިން، އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއާއި މުމްބާއީއާ ދެމެދު އަލުން ފަށައިފި އެވެ.

ދެކުނު އޭޝިއާގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ ރާއްޖޭގައި ވެސް ބަލީގެ ހާލަތު ގޯސްވުމާއި ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދައުރުކުރުން ހުއްޓާލިމުން އެއަރ އިންޑިއާއިން ވަނީ ރާއްޖެއަށް ކުރަމުންގެންދިޔަ ދަތުރުތައް މެދުކަނޑާލާފަ އެވެ.

ނަމަވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ދަތުރުކުރާ މީހުންނަށް ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއި އެކު އެ އެއަރލައިނުން ރާއްޖެއާއި އިންޑިއާގެ މުމްބާއީއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށާފައި ވަނީ އިއްޔެއެވެ. އަދި ކޮންމެ ހަފުތާއަކު ދެ ފްލައިޓް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެފައި ވެއެވެ. އެއީ ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހާއި ހޮނިހިރު ދުވަހު އެވެ.

2020 ވަނަ އަހަރު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ އިންނެވެ. ނަމަވެސް އިންޑިއާގައި ހަލުވި މިނެއްގައި ކޯވިޑް ބަލިމަޑުކަން ފެތުރުރެން ފެށުމާއިއެކު އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެ ބަންދުކުރުމުން އެގައުމުން އަންނަ ފަތުރުވެރިންގެ އިންސައްތަ ވަނީ ބޮޑުތަން ދައްވެފަ އެވެ. އަދި ރާއްޖެއަސް ފަތުރުވެރިން  އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓްގެ ދެވަނައަށް އިންޑިއާ ޖެހިލިއެވެ.

އެއަރ އިންޑިއާގެ އިތުރުން މިވަގުތު އިންޑިއާގެ 4 އެއަރލައިނެއް އެގައުމުން އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އެއީ ގޯއެއަރ، އިންޑިގޯ، ސްޕައިސް ޖެޓްގެ އިތުރުން އެއަރ ވިސްތާރާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.