އިންޑިއާގައި 550 ކިލޯގެ ފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގައި 550 ކިލޯގެ ފިޔާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

Author
admin
25 އޮކްޓޯބަރ 2020 09:25
0

އިންޑިއާގައި 550 ކިލޯގެ ފިހާ ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދެ މީހަކު ވެގެން ފިޔާ ވަގަށް ނަގާފައި ވަނީ މައުޖޭ ޑެވްޖަލީ ވިލެޖުންނެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސަންޖޭ ޕްރަދީ އާއި ޕޮޕަޓޭ ކޭލް ނަމަކަށް ކިޔާ މީހެކެވެ. މި މީހުން ފިޔާ ވަގަށް ނެގީ ކޮން ތަނެއްގައި ކަމާއި ކޮން އިރަކު ކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިޔާތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކުރި އިރު، ވިއްސާރައިގެ ސަބަބުން އިންޑިއާގައި ފިޔާ ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި ފިޔާގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފައެވެ. އެގޮތުން ވިއްސާރާގައި ގެއްލުންވެފައިވާ ސަރަހައްދުތަކުން ފިޔާ ކިލޯއެއްގެ އަގު އުޅެނީ 100 ރުޕީސް ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.