ރާޖަކީ ކުށްވެރިއެއް ނޫން: ޝިލްޕާ

ރާޖަކީ ކުށްވެރިއެއް ނޫން: ޝިލްޕާ

ބަރަހާނާ ފިލްމް އުފައްދާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 19 ޖުލައިގައި ހައްޔަރުކޮށްފައިވާ ރާޖް ކުންދުރާއަކީ ކުއްވެރިއެއް ނޫންކަމަށް އޭނާގެ އަންހެނުން ޝިލްޕާ ޝެއްޓީ ބުނެފި އެވެ.

މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ރާޖް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވީ ނަމަވެސް، އެވިޔަފާރީގައި ރާޖް ގެ އަތެއް ނުވާނެ ކަމަށް ޝިލްޕާ ވަނީ ބުނެފައެވެ. ޝިލްޕާ މިހެން ބުނެފައިވީ ނަމަވެސް އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި ފުލުހުން ވަނީ ރާޖް ކުންދުރާ އާއި ދެކޮޅަށް ބާރުލިބޭނެ ފަދަ އެތައް ކަމެއް ހުށައަޅާފަ އެވެ. މި މައްސަލައިގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި ރާޖް ކުންދުރާ އާއި އޭނާގެ ބައިވެރިން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 100 އަށް ވުރެ ގިނަ ބަރަހަނާ ފިލްމް ގަނެ އެކަމަށް ބޭނުންކުރާ އެޕަކަށް އަޕްލޯޑް ކޮށްފައިވެ އެވެ. އަދި ރާޖްގެ އެންގުމަށް 70 އަށް ވުރެ ގިނަ ބަރަހަނާ ފިލްމް ހަދާފައިވާކަަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެމީހުންގެ އެޕްގައި ދެ މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ތިބިކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހު ބޭއްވި އަޑުއެހުމުގައި ޕޮލިހުން ބުނެފައިވަނީ މި މައަސަލައާއި ގުޅުން ހުރިކަމަށް ބެލެވޭ ބައެއް ޑާޓާތައް އަންގާރަ ދުވަހު ރާޖް ކުންދުރާގެ ވިއާން ކޮމްޕެނީ އޮފީހުގެ ސިސްޓަމް ތަކުން ޑިލީޓް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި އަދި އެ ޑާޓާތަށް ރިޓްރައިވް ކުރުމުގެ މަސައްކަތް ފޮރެންސިކް އެކްސްޕާޓުން ކުރަމުން އަންނަ ކަމަށެވެ.

ޕޮލިހުން ހުށައެޅި ކަންތަށް ތަކުގެ މައްޗަށް ރިއާއަތް ކޮށް ކޯޓުން ވަނީ ރާޖް ކުންދުރާ ބަނދުގައި ބެހެއްޓުމުގެ މުއްދަތު މި މަހުގެ 27 އާއި ހަމައަށް ދިގުދަންމާލައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *