ޓޯކިޔޯ އޮލިމްޕިކްސްގައި، ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ 10 އެތުލީޓުން

ޓޯކިޔޯ އޮލިމްޕިކްސްގައި، ދުނިޔޭގެ ސަމާލުކަން ހުއްޓޭނެ 10 އެތުލީޓުން

Author
ހުސެއިން
24 ޖުލައި 2021 08:50
0

ފެތުރެމުންދާ ކޯވިޑް19ގެ ނުރައްކަލުގެ ސަބަބުން، އެއް އަހަރަށް ލަސްކުރެވިފައިވާ ޓޯކިޔޯ އޮލިމްޕިކްސް ކުޅިވަރު، މުވާރާތް، ސިއްޙީގޮތުން އަޅާފައިވާ ރައްކާތެރިކަމުގެ އެތަކެއް ފިޔަވަޅުތަކަކާ އެކީ، ރޭ މިވަނީ ރަސްމީކޮށް ފެށިގެން ގޮސްފައެވެ.

ބައިނަލް އަގުވާމީ މި ކުޅިވަރުގެ މުވާރާތުގައު، ދުނިޔޭގެ 200 ގައުމަކުން އެތައް ހާސް އެތުލީޓުން ބައިވެރިވާނެއެވެ.

ތިރީގައި މި ގެނެސްދެނީ، ޖަޕާނުގެ ހޫނު މޫސުމުގައި ކުރިޔަށް ދާ، ސަމަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތް ކުރިޔަށް ދާއިރު، މުޅިޔޭގެ އަމާޒު ހުއްޓިގެންދާނެ، ދުނިޔޭގެ އެންމެ މަޝްހޫރު 25 އެތުލީޓުންގެ ބައެއް ތަފްސީލް ތަކެވެ.

ނައޯމީ އޮސާކާ (ޖަޕާން): ދުނިޔޭގެ ޓެނިހުގައި އެންމެ ނަން މަޝްހޫރު އެއް ތަރި ކަމުގައިވާ ނައޯމީ އޮސާކާ ދާދިފަހުން ވަނީ، ފްރެންޗް އޮޕެނިންގެ އިން އޭނާގެ ނަން އަބުރާ ގެންދިއުމުގެ ސަބަބުން ވަނީ ދުނިޔޭގެ ސުރުޚީތަކުން ޖާގަ ހޯދާފައެވެ. 4 ހަފަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އޮސާކާ ވަނީ މީގެކުރިން ވިމްބަލްޑްން މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. އުމުރުން 23 އަހަރުގެ މި ކުޅުންތެރިޔާ މިފަހަރުގެ އޮލިމްޕިކްސްގައި ވާދަ ކުރާނީ އަމިއްލަ ގައުމުގައެވެ.

ކެޓީ ލެޑެކީ (އެމެރިކާ): ލެޑެކީ އަކީ، 2016 ވަނަ އަހަރު ބޭއްވުނު އޮލިމްޕިކްސްގެ އެންމެ އަލިގަދަ ތަރިއެވެ. އޭނާވަނީ އެ އޮލިމްޕިކްސް މުބާރާތުގައި ރަން މެޑަލް ހޯދާ، ދުނިޔޭގެ ރެކޯޑުވެސް މުގުރާލާފައެވެ. އޭނާ ދުނިޔޭގެ ރެކޯޑު މުރާލާފައިވަނީ 400 މީޓަރު ފްރީ ސްޓައިލުންނާއި އަދި 800 މީޓަރުގެ ފްރީ ސްޓައިލް ފެތުމުންނެވެ.

އަދި އޭނާއަކި، 1968ވަނަ އަހަރަށްފަހު، އެއް އޮލިމްޕިކްސް މުބާރާތެއްގައި، 200 މީޓަރު، 400 މީޓަރު އަދި 800 މީޓަރު ފްރީސްޓައިލް ފެތުމުގެ ރަން މެޑަލް ހާސިލުކުރި ފުރަތަމަ ފެތުންތެރިޔާވެސްމެއެވެ. އަދި އޭނާ މިއަހަރު ނުކުންނަނީ މުހިރީ މެޑަލެއްވެސް ދިފާއުކުރުމުގު އުއްމީދުގައެވެ. އަދި މިއަހަރު އޭނާ 1،500 ފްރީސްޓައިލް ފެތުމުގައިވެސް ވާދަ ކުރާނެއެވެ.

އުމުރުން 24 އަހަރުގެ ލެޑެކީ ވަނީ އޭނާ ކެރިއަރުގައި މިހާތަނަށް ދުނިޔޭގެ ފެންވަރުގެ 14 ރެކޯޑެއް މުގުރާލާފައެވެ.

ނައިޖާ ހަސްޓޮން (އެމެރިކާ): ސްކޭޓް ބޯޑިންއަކީ މިފަހަރު އަލަށް އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބާއްވާ ކުޅިވަރެކެވެ. މިފަހަރުގެ މި ކުޅިވަރުގައި، މިފަހަރު ވާދަ ކުރާ އެއް އެތުލީޓަކީ ސްކޭޓްބޯޑިންގެ ގެ ތަރިއެއް ކަމުގައިވާ ހަސްޓޮން އެވެ.

އިންސްޓަގްރާމް އެކައުންޓުގައި 5 މިލިއަން ފޮލޯވަރުން ތިބި، އުމުރުން 26 އަހަރުގެ ހަސްޓޮން އަކީ، މިހާތަނަށް އެންމެ ފަހުން ދުނިޔޭގެ ފެންވަރުގައި، ސްޓްޓްރީޓް ކެޓގަރީގެ 4 މުބާރާތްވެސް ކާމިޔާބު ކޮށްފައިވާ ފަރާތެވެ.

އޭނާއަކީ X ގޭމްތަކުގެ ތާރީޚުގައި އެންމެ ގިނަ ސްޓްރީޓް މެޑަލް ކާމިޔާބުކޮށްފައިވާ އެތުލީޓުވެސް މެއެވެ.

ނޫހު ލައިލްސް (އެމެރިކާ): ލައިލްސްއަކީ (މެދުގައި) 200 މީޓަރުގެ މިހާރުގެ ދުނިޔޭގެ ޗެމްޕިއަނެވެ. އަދި އޭނާއަކީ، ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި، މިއަހަރުގެ އޮލިމްޕިކްސްގައި މި ކެޓަގަރީ ކާމިޔާބު ކުރާނެ އަތުލީޓުވެސްމެއެވެ.

ފާއިތުވެދިޔަ ހުރިހާ ގޭމެއްގައިގައިވެސް މި ކެޓަގަރީ ކާމިޔާބު ކުރަމުން އައިސްފައިވަނީ، މަޝްހޫރު ދުވުންތެރިޔާ އުސައިން ބޯލްޓެވެ. އަދި ބޯލްޓު ބައިނަލް އަގުވާމީ ފެންވަރުގެ މުބާރާތްތަކުން ވާދަކުރުމާ ގުޅިގެން، 100 މީޓަރުގެ ދުވުންތަކުގައި އާ ޗެމްޕިއަނުންނަށް ވަނީ ދޮރު ހުޅުވިފައެވެ.

އުމރުުން 23 އަހަރުގެ ލައިލްސް އަށް އެމެރިކާގައި ބޭއްވުނު އެމެރިކާގައި ބޭއްވުނު އޮލިމްޕިކްސް ޓަރަޔަލްތަކުގައި ދުވުން ނިްންމާލެވިފައިވަނީ 7 ވަނައިގައެވެ.

ސްޓެފަނީ ގިލްމޯ (އޮސްޓްރޭލިއާ): ސާފް ކުރުމަކީވެސް އޮލިމްޕިކްސް މުވާރާތުގައި އަލަށް ބޭއްވޭ ކުޅިވަރެކެވެ. އަދި މިފަހަރުގެ އޮލިމްޕިކްސްގައި އަންހެނުންގެ ބައިގައި މި ކުޅިވަރުން ކާމިޔާބު ހޯދާނެކަމަށް ގިނަބަޔަކު ގަބޫލުކުރަނީ ގިލްމޯ އެވެ.

އުމުރުން 33 އަަހަރު ސާފު ކުރުންތެރިޔާވަނީ، އޭނާއާއި ވާދަކުރާ އެހެން ހުރިހާ އެތުލީޓުނަށްވުރެ ގިނަ، ބައިނަލް އަގުވާމީ ފެންވަރުގެ މެޑަލްތައް ހޯދާފައެވެ. މިގޮތުން އޭނާ ކާމިޔާބު ކޮށްފައިވާ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގެ އަދަދު 7އަށް އަރައެވެ.

އޭނާ މިމުބާރާތުގައި ނިކުންނަނީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާގެ ކެރިއްސާ މޫރޭ ބަލިކުރުމުގެ އަޒުމުގައެވެ.

ލައުރެން ހައްބާރޑް (ނިއު ޒީލޭންޑް): ހައްބާރޑް އަކީ އޮލިމްޕިކްސްގެ ތާރީޚުގައި އެ މުބާރާތުގައި ވާދަކުރާ، ޖިންސް ބަދަލު ކޮށްފައިވާ ފުރަތަމަ އެތުލީޓެވެ. އޭނާވަނީ، ޖިްނސް ބަދަލުކުރުމުގެ ކުރިން، 2013 ވަނަ އަހަރުގ އޮލިމްޕިކްސް މުބާރާތުގައި ބަރު އުފުލުމުގެ ފިރިހެން ކެޓަގަރީގައި ވާދަ ކޮށްފައެވެ. އަދި 2015 ވަނަ އަހަރަށްފަހު އޭނާއަށް ވަނީމުމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުފައެވެ.

ރޮއިޓާސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭނާއަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ، އިންޓަރނޭޝަނަލް އޮލިމްޕިކްސް ކޮމިޓީން އާންމުކުރި އާ ގައިޑްލައިންގައި، ޖިންސް ބަދަލު ކޮށްފައިވާ އެތުލީޓުންނަށް އަންހެން އެތުލީޓުންގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދާނީ، އެމީހުްނގެ ޓެސްޓެސްޓްރޯލް ލެވެލް ކޮންމެ ލިޓަރަކަށް ނެނޯމޯލްއަށްވުރެ އިތުރުނުވާ މިންވަރަށް އެމީހުން ބައިވެރިވާން ބޭނުންވާ ފުރަތަމަ އޮލިމްޕިކްސް މުބާރާތުގެ 12 މަސްދުވަހުގެ ކުރިޔަށް ދަމަހައްޓައިފިނަމަ، އޮލިމްޕިކްސްގައި ވާދަކުުރުމުގެ ފުރުސަތު ލިބޭގޮތަށް ކަޑައެޅުމާއި ގުޅިގެންނެވެ.

އަލީސަން ފެލިކްސް (އެމެރިކާ): މި ފޮޓޯއިން މި ފެންނަނީ، އޮލިމްޕިކްސް ޓަރަޔަލްގައި ފެލިކްސް އޭނާގެ ދަރިފުޅު ކެމްރީންއަށް ދޮން ދޭ މަންޒަރެވެ. އުމުރުން 35 އަހަރުގެ ފެލިކްސް އަކީ، އޮލިމްޕިކްސްގެ 6 ރަން މެޑަލް، ޓްރެކްސް އަދި ފީލްޑް އެތްލީޓެއްގެ ގޮތުގައި ހާސިލް ކޮށްފައިވާ ހަމައެކަނި އަންހެން އެތުލީޓެވެ. އަދީ އޭނާވަނީ 3 ރިހި މެޑަލްވެސް ހާސިލް ކޮށްފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި އޭނާއަށް މެޑަލެއް ކާމިޔާބު ކުރެވިއްޖެނަމަ، އޭނާ ވެގެންދާނީ އޮލިމްޕިކްސްގެ ތާރީޚުގައި ޓްރެކްގައި ތަމްސީލުކުރި އެންމެ ކާމިޔާބު އެތުލީޓު ކަމުގައެވެ.

މިއީ އޭނާ ވާދަކުރާ 5 ވަނަ އޮލިމްޕިކްސް މުބާރާތެވެ.

ކޭލެން ޑްރެސެލް (އެމެރިކާ): އުމުރުން 24 އަހަރުގެ ޑްރެސެލް އަކީ މިހާތަނަށް އޮލިމްޕިކްސްގައި 2 ރަން މެޑަލް ހާސިލް ކޮށްފައިވާ ފެތުންތެރިއެކެވެ. އަދި އޭނާއަކި 100 މީޓަރުގެ ބަޓަރފްލައި ފެތުމުގައި ދުނިޔޭގެ ރެކޯޑްވެސް ހާސިލް ކޮށްފައިވާ ފަރާތެވެ.

އޭނާ މި އޮލިމްޕިކްސްގައި 100 މީޓަރުގެ ބަޓަރފްލައި ފެތުމުގައި ވާދަކުރާއިރު، 50 މީޓަރ އަދި 100 މީޓަރ ފްރީސްޓައިލް ފެތުމުގައިވެސް އޭނާ ވާދަ ކުރާނެއެވެ.

ޖަންޖާ ގާންބްރެޓް (ސްލޮވޭނިއާ): ސްޕޯޓު ކްލައިމްބިންއަކީ، މިއަހަރުގެ އޮލިންޕިކްސްގައި އަލަށް ފެނިގެންދާން 4 ކުޅިވަރުގެ ތެރެއިން އެއް ކުޅިވަރެވެ.

އުމުރުން 22 އަހަރުގެ ގާންބްރެޓްއަކީ މިވަގުތު ދުނިޔޭގައި ކުރިން ސޕޯޓު ކްލައިންބިންގައި އެންމެ ކުޅަދާނަ އެތުލީޓެވެ. މި ބައިގައި މިހަރު ރަންމެޑަލް ހޯދާނެކަމަށް ގިނަބަޔަކު ޔަގީނާ ގާތަށް ގަބޫކުުރަނީ، މުޅިވަރުން 2019ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަންވެސް ހޯދާފައިވާ ގާންބްރެޓް އެވެ.

ޝީ ޓިންގމާއޯ (ޗައިނާ): އޮލިމްޕިކްސް މުބާރާތުގައި ނެގެން އޮންނަ 56 ރަން މެޑަލްގެ ތެރެއިން 40 ރަން މެޑަލް އަމިއްލަ ގައުމަށް ގެންގޮސްގެން، 1984 ވަނަ އަހަރުން ފެށިގެން ޗައިނާގެ ޑައިވިންގ ޓީމުން ދަނީ އެމީހުގެ ކާމީޔާބީ ދަމަހައްޓަމުންނެވެ.

ޝީވަނީ 2016ވަނަ އަހަރުގެ އޮލިމްޕިކްސްގައި 2 ރަން މެޑަލް ހާސިލް ކޮށްފައެވެ. ޝީ ދަނީ 2015ވަނަ އަހަރުން ފެށިގެން 3 މީޓަރުގެ ސްޕްރިންގހޫޑްހެ ކާމިޔާބީ ދަމަހައްޓަމުންނެވެ. އެއަރަހަށްފަހުން އޭނާ މުބާރާތެއް ނާކާމިޔާބު ވެފައިވަނި މަދު ފަހަރެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.