މުސްތަފާގެ ފާޑުކިއުން ރާއްޖެ ޓީވީއަށް

މުސްތަފާގެ ފާޑުކިއުން ރާއްޖެ ޓީވީއަށް

Author
ހުސެއިން
18 ޖުލައި 2021 06:25
0

ހާލުގައި ޖެހުނު ދުވަހު މަގުމަތީ ފޮށި ބަހައްޓައިގެން ރައްޔިތުންނަށް ސަލާން ޖެހި ރާއްޖެ ޓީވީގެ މިހާރުގެ ހާލަތަކީ ޓީވީ ނައްތާލަން އޭރުއުޅުނު މީހުން އެޓީވީއަށް އެރުވުކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުސްތަފާ ރާއްޖެ ޓީވީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި އޭރު ރާއްޖެ ޓީވީ ބަންދުކުރަން ގޮވީ މީހުންތައް، މިހާރު އެޓީވީއަށް އަރުވައިގެން ދައްކާ މަންޒަރުތައް މިހާރު ރައްޔިތުން ބަލާކަށް ބޭނުން ނުވާކަމަށާއި ރާއްޖެ ޓީވީ ހުރީ ލޯގަޑު ކުރިމަތީ އޮރިޔާމުން ކަމަށެވެ.

ކުރީގެ މަޖިލިސް މެމްބަރު ރާއްޖެ ޓީވީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވާއިރު، ފަހަޖަށް އައިސް، ރައީސް ޔާމިންގެ ވެރިކަމުގައި މީޑިއާތަކަށް ވަރަށް ބޮޑަށް އޭރު ފާޑުވިދާޅުވަމުން ގެންދެވި ފަރާތްކަށް ފަހަކަށް އައިސް ރާއްޖެ ޓީވީގެ ބައެއް މުހިންމު ޕްރޮގްރާމް ތަކުންވަނީ ފުރުސަތު ލިބިފައެވެ.

އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންގެ ގެންދަވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސްން ރީކޯ މޫސާމަނިކަށްވެސް ވަނީ ރާއްޖެ ޓީވީގެ ޕްރޮގްރާމަކުން ފުރުސަތު ލިބިފައެވެ.

ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާއަކީ މިސަރުކާރު ވެރިކަމަށް ގެންނަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް، މިސަރުކާރާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެ، މުސްތަފާ ފަހަކަށް އައިސް ގެންދަވަނީ ރައީސް އިބުރާހިމް މުހައްމަދު ސާލިހުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މުސްތަފާ މިހާރު ސިޔާސީ ގޮތުން ބޮޑަށް ގާތްކޮށް މަސައްކަތް ކުރައްވަމުން ގެންދަވީ އެމްޑީގެ މަޖިލިސް ރައީސް ނަޝީދު ފެކްޝަނާއެކީގާ ކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
މުސްތަފާއަށް މީޑިއާ ބެހޭގޮތުން ތަންދޮރު ނޭގޭތީ ހައިރާނެއް ނުވޭ. ބަލަ މީޑިއާއެއްވިއްޔާ ދެފަރާތުގެ ވާހަކަތައް ވެސް ގެނެސްދޭން ޖެހޭނެ .ކުރީގަ ރާއްޖެ ޓީވީއޭ ކިޔަކަސް އެއީ އެމްޑީޕީ ޓީވީ. ހަމައެކަނި އެމްޑީޕީއަށް ސަޕޯރޓް ކޮށް އިދިކޮޅަށް ފުރައްސާރަ ކޮށްފަވަނީ .ޢަދިކިރިޔާ މިހާރު އަސްލު މީޑިއާއެއްގެ ޣޮތުގަ އެމަސައްކަތް ކުރަންފެށީ. މަރުހަބާ ރާއްޖެ ޓީވީއަށް.
ނ ނޮންބީ
މުސްތަފާ ތިޔަވިދާޅުވީ ރައގަޅުވާހަކަފުޅެއް ތިވަރުގެތެދެއް އިންސާނަކުހަދާނީ ރާއްޖެޓީވީގެވެރިންނާއި އަދިއެއް[މެއިސްވެރިއާގެހިންއޮތީމިހާރުއާސްމާނުގައި ނިކަމެތިންނަކީނިކަމެތިންކަންނޭގިއޮޅިވަޑަގެންފަ އެބޭފުޅާއެހުއްންނެވީ