މޫސަ، ހަސަންއަށް: ރައީސްގެ ދަތުރުގެ ޚަބަރު ހިއްސާކޮށްލަން އެމްޑީޕީގެ ވެރިންނަށް ނުކުރެނީތޯ؟

މޫސަ، ހަސަންއަށް: ރައީސްގެ ދަތުރުގެ ޚަބަރު ހިއްސާކޮށްލަން އެމްޑީޕީގެ ވެރިންނަށް ނުކުރެނީތޯ؟

Author
މުޙައްމަދު ޝަޒައިމް
16 ޖުލައި 2021 11:09
0

އުތުރުގައި އުފެއްދި ފުރަތަމަ ސިޓީ ހިމެނޭހެން 3 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ފެއްޓެވި ދަތުރުފުޅުގެ ޚަބަރު އެމްޑީޕީއަށް ގެނެސްދޭން ނުކެރެނީ ކީއްވެތީ އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާމަނިކު، މިހާރުގެ އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފާއި ސުވާލު ކުރައްވާފައިފިއެވެ.

ކޯވިޑް-19އާއި އެކު ގިނަ ދުވަސްތަކެއް ވަންދެން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރެއްވުމަށް ހުރި ހުރަސްތަކަށްފަހު މިއަދު ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ދަތުރުފުޅުގެ އެއްވެސް މައުލޫމާތެއް އެމްޑީޕީން އަދި މިހާތަނަށް ހިއްސާ ކޮށްފައިނުވެއެވެ. އެމްޑީޕީން ރައީސްގެ ދަތުރުފުޅުގެ ޚަބަރުތައް ނުގެެސްދޭތީ މޫސަ ވިދާޅުވީ ރައީސްގެ ޚަބަރުތައް ހިއްސާ ކުރަން ނުކުރެނީ މިހާރު އޮތް ކޯލިޝަންގެ ހުއްދަ ނުލިބިގެންތޯ ކަމަށެވެ.

ކޮވިޑްގެ ފިޔަވަޅުތަކާއެކު އަތޮޅުތެރެއަށް ދަތުރުނުކުރެވި ހުންނެވުމަށްފަހު ތަރައްޤީގެ މަސައްކަތް ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ފައްޓަވާ ދަތުރުގެ ޚަބަރު ރައްޔަތުންނާ ހިއްސާކޮށްލަން MDP ގެވެރިންނަށް ނުކެރެނީތަ؟ ނޫނީ އާ ކޯލިޝަނުގެ ހުއްދަނެތީތޯ؟

– މޫސަ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީ، އަދި އެއަތޮޅު ހަނިމާދޫގެ އިތުރުން ކުމުންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ އެވެ. އެގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ޒިޔާރަތްކުރައްވާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ. ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ޙާލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްޤީގެ މަޝްރޫޢުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދުންމަތިން
ބަލަ މިހިރި ހަޔާކުޑަ ރީކޯ މޫސާ ކަލޭ މިގައުމުން ވެރިންނައް ހުސާމަތުކޮއްގެން ފައިސާޔާ ރިސޯރޓުހޯދިއިރު ރައީސްނަސީދާ ޔާމީނައްއެވަރައެނެތް މިހާރު ރައީސް ސޯލިވަރެއްނެތް ސީދާަ ދެފުތްކެހެރިއެއް ރިޔީ މކަލޭގެ މިލުކިއްޔާތުދައުލަތައްނަގަންގޮވާލަން؟؟