ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ: ފައްޔާޒު

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ: ފައްޔާޒު

ގުޅުންހުރި

ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ވަރަށް އަވަހަށް ކަނޑައެޅިގެންދާނެކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޯށްދެއްވާ ވަހާކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިނިމަން ވޭޖް މަދުދުވަސްކޮޅެއްގެ ތެރޭގައި ކަނޑައެޅޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވަޒީފާ ނެތް މީހުންގެ އަދަދު ނިސްބަތުން މަދުނަމަވެސް ކުރާ މަސައްކަތާއި އަޅާބަލާއިރު ލިބޭ އާމްދަނީ ކުޑަވުމަކީ ބޮޑު މައްސަލައެއްކަމަށެވެ. އަދި މަސައްކަތްތެރިންނަށް ހުރި މިފަދަ ގޮންޖެހުންތައް ނައްތާލުމަކީ މުހިއްމުކަމެއްކަމަށާއި އެ މަސައްކަތްތަކުގެ ތެރެއިން މިނިމަމް ވޭޖް ކަނޑައެޅުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިމަމް ވެޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެވެސް މިއޮތީ އުނދަގޫ މަރުހަލާއެއްގައި. ނަމަވެސް އުއްމީދަކީ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މިނިމަމް ވޭޖް އެއް އިޢުލާން ކުރެވިގެން ދިއުން. ފުރަތަމަ ދެބަސްވުންތަކެއްވެސް ހުންނާނެ. އަލަށް ތަޢާރަފްކުރެވިގެން ދިއުމަކީ ކުރިއެރުންތަކެއް ލިބިގެންދާނެ.

– މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒި އިސްމާއިލް ވިދާޅުވިއެވެ.

މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި 6400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ. ނަމަވެސް މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި 6 ދާއިރާއެއް ވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ ޓޫރިޒަމްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއެވެ. ބޯޑުން ކުޑައުޖޫރަ ކަނޑައެޅުމަށް ލަފާދެއްވާފައިވާ ދާއިރާތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް 6،400 ރުފިޔާއާއި، 8،000 ރުފިޔާއާއި ދޭތެރޭގެ އަދަދަކަށް އުޖޫރަ ދިނުމަށް އެއްބަސްވެފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކޮށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރ ވަނީ މިއަހަރުގެ ތެރޭގައި މުވައްޒަފުންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ބިލަކާއި ޓްރޭޑް ޔޫނިއަންގެ ބިލެއް ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ. މިއަދު އިފްތިތާހްކުރި ފަންނީ ހުނަރުވެރި މަސައްކަތްތެރިންގެ ހުނަރު އިމްތިހާންކުރުމަކީ ރަސްމީ ތަޢުލީމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކޮށްފައިވާ މީހުން އެ ވަޒީފާއަކަށް ބޭނުންވާ ހުނަރުތައް ހުރިތޯ ބަލާ އިމްތިހާން ކުރުމުގެ ފުރުޞަތު ދިނުމަށް އިފްތިތާހްކުރި މަސައްކަތެކެވެ.

މިނިމަން ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ