ޖަރުމަން ލީގުގައި އެއިންޓްރެކްޓް ފްރެންކްފަޓް އަތުން ބަޔާން މިއުނިކް ބޮޑު މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅެ ބަޔާން މޮޅުވީ 5-0 ލަނޑުންނެވެ.
ބަޔާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގަ ރޮބަޓް ލެވަންޑޯސްކީގެ ލަނޑުންނެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 60 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ލެރޯއި ސާނޭ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ޖަމާލް މުސިއާލާއެވެ.
މި މޮޅާއެކު ބަޔާން އޮތީ ލީގު ތާވަލުގެ ދެވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި ހާތާ ބާލިން އަތުން 2-1 ން މޮޅުވީ އާރްބީ ލެއިޕްޒީގެވެ. އެ ޓީމަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ.