2017 ގައި ނެރުނު ޓަމިލް އެކްޝަން ފިލްމް "ވިކްރަމް ވެދާ"ގެ ރިމޭކުން ރިތިކް ރޯޝަނާއި އެކުގައި ފެނިގެންދާނީ ސައިފް އަލީ ޚާން ކަން އިއުލާން ކޮށްފި އެވެ
މި ކާމިޔާބު ފިލްމުގެ ރިމޭކް ރަސްމީކޮށް އިއުލާން ކުރިއިރު މި ފިލްމުން ފެނިގެން ދާނެކަމަށް އޭރު ބުނެފައިވަނީ ސައިފާއެކު އާމިރު ޚާން ކަމަށެވެ. މި ރިމޭކް ހެދުމުގެ މަޝްވަރާތަށް ކުރަމުންދާތާ މިހާރު ދެ އަހަރެއްހާ ދުވެސްވެދާނެ އެވެ.
މި ފިލްމް އާމިރު ދޫކޮށްލީ މިދިޔަ އަހަރުއެވެ. އަދި ހަމަ އެހެންމެ މި ފިލްމް ރިތިކް ދޫކޮށްލި ކަމުގެ އަޑުތަކެއް ވެސް އެރިއެވެ. ނަމަވެސް މިހާރު ކަށަވަރު ވެފައިވާ ގޮތުގައި މި ފިލްމުން ރިތިކް އަދި ސައިފް ފެނިގެން ދާނެއެވެ.
މި ފިލްމްގެ ރިމޭކް ވެސް ޑައިރެކްޓް ކުރަނީ މީގެ އޮރިޖިނަލް ޑައިރެކްޓް ކުރި ޕުޝްކަރް – ގަޔަތްރީ އެވެ. "ވިކްރަމް ވެދާ"ގެ ލީޑްރޯލުން ފެނިގެން ދިއައީ އާރް މާދަވަން އާއި ވިޖޭ ސެތުޕަތީ އެވެ.
"ވިކްރަމް ވެދާ"ގެ ހިންދީ ރިމޭކް ވަނީ 2022 ގެ ސެޕްޓެމްބަރު 30 ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފަ އެވެ. އަދި ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ޕްރޮޑަކްޝަން ޓީމުން މަސައްކަތްކުރަމުން ގެންދާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ކޯވިޑް-19 ޕެންޑަމިކާ އެކު ބޮލީވުޑް ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. އަދި އެއްވެސް މަސައްކަތެއް ނުކޮށް ތަރިން ތިބީ ގޭގަ އެވެ. އަލުން ކޯވިޑް ގެ ހާލަތު ހަމަޔަކަށް އެޅި މިހާރު ގިނަ ފިލްމް ތަކެއްގެ ޝޫޓިން ވަނީ އަލުން ފަށާފަ އެވެ.