ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ޗަންކީ ޕާންޑޭގެ މަންމަ މަރުވެއްޖެ އެވެ.
ސްނެހްލަތާ ޕާންޑޭ މަރުވެފައިވަނީ އިއްޔެ މެންދުރު ގެ ވަގުތެއްގަ އެވެ. މަރުވި އިރު އުމުރަކީ 85 އަހަރެވެ.
ސްނެހްލަތާ މަރުވެފައިވަނީ މުމްބާއީގައި އޭނާ ދިރިއުޅުނުގޭގައި އިއްޔެ މެންދުރު 12 ޖަހާލާ އެހާކަން ހާއިރު ކަމަށް އާއިލާ އާއި ގާތް މީހަކާ ހަވާލާދީ ރިޕޯޓްތަށް ބުނެއެވެ. ސްނެހްލަތާ މަރުވުމާއެކު، އޭނާގެ ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް ޗަންކީގެ އިތުރުން ޗަންކީގެ ކޮއްކޮ ޗިއްކީ ޕާންޑޭއާއި މާމަ ދަރިފުޅު އަހާން ޕާންޑޭ އާއި އަނައްނިޔާ ޕާންޑޭ އެގެއަށް އައި މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
އެވަގުތު އަނައްނިޔާ ޕާންޑޭވެސް ޓޯކް ޝޯވ އެއްގެ ޝޫޓިންގ ގައި ހުރީ މުމްބާއީގަ އެވެ. ޝޫޓިން ނިމުނުހާ އަވަހަށް އަނައްނިޔާ ވަނީ މާމަ ކައިރިއަށް ގޮސްފަ އެވެ. އަހާން އަކީ ޗިންކީގެ ދަރިއެކެވެ. އަދި އަނައްނިޔާގެ ދެބެންގެދެދަރި ބޭބެ އެކެވެ.
އަންނަޔާ އާއި އޭނާގެ މާމަ އާއި ދެމެދުގައި އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. އޭނާ ވަނީ މިއަހަރު ފާހަގަ ކުރި އަންހެނުންގެ ދުވަހުގައި އޭނާގެ މާމަ ގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށް ފަހު އޭނާގެ ހަޔާތުގައި މާމަގެ މުހިންމުކަން ބުނެދީފަ އެވެ.