މުލިއާގެ ގޮއްވާލާނެކަމުގެ އިންޒާރުދިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

މުލިއާގެ ގޮއްވާލާނެކަމުގެ އިންޒާރުދިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

Author
މުޙައްމަދު ޖިމީ
10 ޖުލައި 2021 12:16
0

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީގެކޮޅު، މުލިއާގެ ކައިރިއަށްގޮސް، އެތަން ގޮއްވާލަނެކަމަށް ބުނި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، އެދެމީހުންގެ ތެރެއިން ބޮމެއް އޮތްކަމަސް ބުނި މީހާ ބަންދުގައި ބެހެއްޓުމަށްފަހު އަނެއް މީހާ ދޫކޮށްލާފައިވާކަމަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުން އިއްޔެ ހައްޔަރުކުރި ދެމީހުންނަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮތް ދެމީހުންނެވެ. މުލިއާގެ ކައިރިއަށް ދެމީހަކު ދަބަހަކާއ ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ. އަދި ފުލުހުންގެ ޚާއްޞަ ޓީމެއް އެސަރަހައްދަށްގޮސް އެދެމީހުން ގެންގުޅުނު ތަކެތި ފާސްކޮށް، އެމީހުން ހައްޔަރުކުރީއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދ ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރުކުރަމުންނެވެ.

މުލިއާގެ ކައިރިއަށްގޮސް އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން ބަޔަކު ހައްޔަރުކޮށްފައިވާއިރު، އެސަރަހައްދުގެ ސެކިއުރޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު، މުލީއާގޭގެ ވަށައިގެންވާ ސަރަހައްދުގައި މިހާރު ބަހައްޓާފައިވާ ކާނުތައް މަދުކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންގުމަށް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.