ކ. ދޫނިދޫ ބަނދަރު، އެއްގަމު ތޮށީގެ ޝީޓް ޕައިލިން މަސައްކަތް ނިމުމަކާއި ގާތަށް ހިނގައްޖެއެވެ.
ބަނދަރުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފައިވަނީ ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިފައިވާކަމަށެވެ.
Sheet piling for the construction of the quay wall of K. Dhoonidhoo Harbor Redevelopment and Reclamation Project is currently ongoing, with 85% project progress. The value of the project is MVR 51.4 million.#MTCCProjects pic.twitter.com/BZnDqV1eQx
— MTCC Plc (@MTCCPlc) July 5, 2021
މި މަޝްރޫޢުގެ ދަށުން 4.61 އޭކަރުގެ ބަނދަރު ފުންކުރުމާއި 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ިއތުރުން 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 250 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ އިތުރުން 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ޖެހުމަށްވެސް ހަމަޖެހިފައި ވެއެވެ. އަދި މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޖުމުލަ 51.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރުއ ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.