ސްޕެއިންގެ ގައުމީ އެއަރލައިން "އައިބީރިއާ" އެއަރލައިނުން ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފަށައިފިއެވެ.
ސްޕެއިންގެ ވެރިރަށް މެޑްރިޑުން ފުރައިގެން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރި އެ އެއަރލައިންގެ ފުރަތަމަ ފްލައިޓުން 218 ދަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ. މި ފްލައިޓަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން
އައިބީރިއާއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A330-300 އަދި A330-200 މަރުކާގެ އެއާކްރާފްޓެވެ.
އެމްއޭސީއެލުން ބުނީ އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ކޮންމެ ހަފުތާއަކު ތިން ދަތުރު މެޑްރިޑުން ވީއައިއޭއަށް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ. އެއީ ކޮންމެ ހަފްތާއަކު ހޯމަ, ބުދަ އަދި ހުކުރު ދުވަހުއެވެ.
އައިބީރިއާއިން ބުނީ ރާއްޖެއަކީ މި އަހަރުގެ ހޫނުމޫސުމުގައި އެ އެއާލައިނަށް ލިބުނު ވަރަށް މުހިންމު މަންޒިލެއް ކަމަށެވެ. އަދި ރާއްޖެއަކީ އެ އެއާލައިނުން ދަތުރުކުރާ އިންޑިއާ ކަނޑުގެ ފުރަތަމަ މަންޒިލް ކަމަށްވެސް އެ އެއަރލައިނުން ބުނެއެވެ.
Welcoming @Iberia , the flagship carrier of Spain ?? to @VelanaAirport
#SunnySideOfLife ? ☺️
Bienvenido A Maldivas!!#VisitMaldives#IberiaFliesMaldives pic.twitter.com/CbOGARUuMN— Maldives Airports Company Ltd – MACL (@MACLmedia) July 3, 2021
އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމާ ގުޅިގެން މަރުހަބާ ދަންނަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރ ގޯޑަން އެންޑްރޫ ސްޓުއާޓް ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި މިއާ އެކު ރާއްޖޭގެ ފަތުރުވެރިކަން ވެސް ކުރިއަރާނެ ކަމަށެވެ.
މިއީ އެ އެއާލައިނުގެ ތާރީހުގައިވެސް ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ