ދުވާފަރު މަގުތަކުގައި، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

ދުވާފަރު މަގުތަކުގައި، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2021 01:06
0

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ކޭބަލް ޖަންކްޝަން އެޅުމުގެ މަސައްކަތް އެމްޓީސީސީއިން ފަށައިފިއެވެ.

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހި ފަށާފައި ވަނީ މި އަހަރުގެ ޖޫން މަހުގަ 24 ވަނަ ދުވަހު އެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ މަސައްކަތަކީ ކޭބަލް ޖަންކްޝަންތައް އެޅުމެވެ. އެމްޓީސީސީއިން ބުނި ގޮތުގައި ކޭބަލް ޖަންކްޝަންތައް އެޅުމުގެ މި މަސަައްކަތް އޯގަސްޓް މަހުގެ 30 ވަނަ ދުވަހަށް ނިންމާލާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 4,960 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހިނގާ ސަރަޙައްދެއް ގާއިމު ކުރުމާއި 17,790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި ސާވިސް ލައިން އެޅުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. ދުވާފަރުގައި މަގު ހެދުމުގެ މި މަޝްރޫއު 2022 ވަނަ އަހަރުގެ ފެބްރުއަރީއަށް ނިންމާނެއެވެ. މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.