ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމް.ޑީ.ޕީ ސަރުކާރުގެ ލަދުކުޑަ ކަމުން: ޝުޖާ

ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމް.ޑީ.ޕީ ސަރުކާރުގެ ލަދުކުޑަ ކަމުން: ޝުޖާ

Author
މުޙައްމަދު ޝަޒައިމް
29 ޖޫން 2021 09:45
0

ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމް.ޑީ.ޕީ ސަރުކާރުގެ ލަދުކުޑަ ކަމުން ކަމުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު، ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.

ޗައިނާއިން ސްރީލަންކާއަށް ސިނޯފާމްގެ ވެކްސިންގެ ދެ މިލިއަން ޑޯޒު ހަދިޔާ ކުރި، ހަބަރެއް ޓުވީޓު ކުރައްވަމުން ޝުޖާއު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް އެކަށީގެންވާ އެހީތެރިކަން ނުލިބުނީ ގޮތްދޫ ނުކުރުމުގެ ސަބަބުންކަމުގައެވެ. މިއަދު އަވަށްޓެރި ޤައުމުތަކަށް ޗައިނާއިން ބޮޑެތި އެހީތެރިކަން ފޮރުކޮށްދެމުންދާއިރު، ރާއްޖެއަށް މިއެހީތެރިކަން ނުލިބުމުގެ އެންމެ އަސްލަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ޝުޖާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، ޗައިނާއިން އެހެން ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދޭއިރު، ދިވެހިންނަށް އެ އެހީތެރިކަން ނުލިބެނީ އެމްޑީޕީ ސަރުކާރުގެ ލަދުކުޑަ ކަމުން ކަމަށެވެ. އަދި އެއީ މިސަރުކާރުން ގަސްތުގައި ކުރި ކަމެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ދިވެހިން ވެކްސިން ނުލިބިފައި! ލަންކާ އަށް ޗައިނާ އިން ބޯކޮށް އެހީވަނީ! ޗައިނާގެ އެހީ ދިވެހިންނަށް ނުލިބުނީ އެމް.ޑީ.ޕީ ސަރުކާރުގެ ލަދުކުޑަ ކަމުން. ޕާޓީ ގެ ރައީސް ބޮޑާވެ ހިތުހުރި ވާހަކަ ހަގީގަތާ ހިލާފަށް ދެއްކުމުގެ ނަތީޖާ އަކީ މިއީ! ރައްޔިތުން މިވީ ނިކަމެތި. މިއީ ގަސްތުގައި ކުރި ކަމެއް.

– ޝުޖާ ވިދާޅުވިއެވެ.

ރައީސް ޞާލިހު ވެރިކަމަށް އައުމަށްފަހު ޗައިނާއާއި ރާއްޖެއާއި އޮތް ގުޅުން ހީނަރުވެ، ޗައިނާގެ އެހީތެރިކަން ހޯދުމަށް ކުރާ މަސައްކަތްވެސް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ކޯވިޑް-19ގެ ހާލަތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް އެންމެ ގިނަ އެހީތަކެއް ފޮރުކޯށްދެއްވަމުންދާ އެއް ޤައުމަކީ ޗައިނާއެވެ. ޗައިނާއިންދަނީ ދިވެހިންގެ އެންމެ އަވަށްޓެރި ޤައުމުތަކަށްވޗެސް ވަރަށް ބޮޑެތި އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އޭގެ ތެރޭގައި ވެކްސިންއާއި، ރައްކާތެރިވުމަށް ބޭނުންވާ މާސްކާއި، އެނޫންވެސް ސާމާނުތައް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.