މާލެ ސަރަހައްދުގެ ޕޮޒިޓިވް އަދަދު 28 އަށް ދައްވެއްޖެ

މާލެ ސަރަހައްދުގެ ޕޮޒިޓިވް އަދަދު 28 އަށް ދައްވެއްޖެ

Author
ޢަލީ އާދަމް
28 ޖޫން 2021 10:10
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 155 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 155 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 28 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 70 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 31 މީހުންނާއި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 26 މީހުންނެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 73،482 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިއަދު ހުރީ 3،883 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 27 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 347 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 69،378 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،972 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

ރާއްޖޭގައި ކޯވިޑް ބަލީގަ މިހާތަނަށް ނިޔާވި މީހުންގެ އަދަދު މިހާރުވަނީ 209 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 191 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.