19 ދުވަސް ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިން އިން ނަގައިފި

19 ދުވަސް ފަހުން ކުޅުދުއްފުށި ސިޓީ މޮނިޓަރިން އިން ނަގައިފި

Author
ޢަލީ އާދަމް
28 ޖޫން 2021 09:42
0

ކޮވިޑް-19ގެ ކޭސްއެއްގެ ސަބަބުން މޮނިޓަރިންނަށް ލާފައި އޮތް ކުޅުދުއްފުށި ސިޓީ 19 ދުވަސް ފަހުން މިއަދު  މޮނިޓަރިން ހާލަތުން ނަގައިފި އެވެ.

ކުޅުދުއްފުށި މޮނިޓަރިންގއަށް ލީ މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އޭގެ ފަހުންވެސް އެ ސިޓީއާއި މާލެއާ ދެމެދު ދަތުރުކުރާ އިތުރު 2 ބޯޓެއްގެ ފަޅުވެރިންވެސް ކޯވިޑް 19 އަށް ޕޮޒިޓިވްވި އެވެ.

މި ކޭސްތަކާ ގުޅިގެން މޮނިޓަރިންގައި އޮތް މުއްދަތުގައި 1200 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް އެ ސިޓީން ނަގާފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ. ކޭއާޗުއެޗުން ބުނީ މިވަގުތު ކުޅުދުއްފުށީގައި ބަލިޖެހިފައި ތިބީ ފަސް މީހެކެވެ.

މޮނިޓަރިން އިން ނެގިނަމަވެސް ކޯވިޑް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުމަށް އެދޭ ކަމަށް ކޭއާރްއެޗުން ބުނެފައި ވެއެވެ.

މި ފަހަރު މޮނިޓަރިންގައި އޮތް މުއްދަތުގައި ކޮންމެ ރެއަކުން 9 އަކުން ފަތިހު ހަތަރަކަށް އެސިޓީގައި ކާފިއު ހިންގާފައިވެސް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.